ޕީއެންސީގެ އެތެރޭގެ އިންތިހާބު ފަސްކޮށްފި

3 weeks ago

އަފްރާހް

ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ އެތެރޭގެ އިންތިހާބު ފަހުގެ ތާރީހަކަށް ފަސްކޮށްފިއެވެ.


މި އިންތިހާބު ބޭއްވުމަށް ކުރިން ނިންމާފައި އޮތީ އަންނަ އޮކްޓޯބަރު މަހުގެ 19 ވަނަ ދުވަހުއެވެ.


އެހެންނަމަވެސް އެ ކޮންގްރެސް އިން މިހާރުނިންމާފައިވަނީ މިއަހަރުގެ ނޮވެމްބަރު މަހުގެ 9 ވަނަ ދުވަހަށް އެ އިންތިހާބު ފަސްކޮށްފައެވެ.


އެ ޕާޓީން ކުރި އިއުލާނެއްގައި ވަނީ އިންތިހާބު ބާއްވާ ތާރީހު ފަސްކުރުމާއި ގުޅިގެން އިންތިހާބަށް ކުރިމަތިލުމުގެ މުއްދަތު ވެސް އިތުރުކޮށްފައިވާ ކަމަށެވެ. އެގޮތުން މިހާރުގެ ސުންގަޑިއަކީ އަންނަ އޮކްޓޯބަރު މަހުގެ 24 ވަނަ ދުވަހުގެ އިރުއޮއްސި 6 ޖެހުމާއި ހަމައަށް ކަމަށް ވަނީ ބުނެފައެވެ.


މިއީ އެ ޕާޓީގެ މަގާމުތަކަށް ޝައުގުވެރިވާ ގިނަ ފަރާތްތަކުގެ އެދުމުގެ މަތިން ކުރި ކަމެއް ކަމުގައި ވެސް ޕީއެންސީން ބުނެއެވެ.


މި އިންތިހާބުގައި ދާއިރާގެ ރައީސް އާއި ނައިބު ރައީސް، ޒުވާނުންގެ ހަރަކާތުގެ ރަށުގެ ރައީސް އަދި އަންހެނުންގެ ހަރަކާތުގެ ރަށުގެ ރައީސްއާއި ސްޓިއަރިން ކޮމިޓީގެ މެންބަރުން ހޮވުމަށް ވަނީ ނިންމާފައެވެ.


އެގޮތުން ސްޓިއަރިން ކޮމިޓީއަށް އިންތިހާބު ކުރާ މަގާމުތަކަކީ ކޮމިޓީގެ އާންމު މެންބަރު، ޒުވާނުންގެ މެންބަރު އަދި އަނެހެނުންގެ މެންބަރެވެ.


މި އިންތިހާބުގެ ވޯޓަރސް ލިސްޓް އިއުލާން ކުރުމަށް ނިންމާފައިވަނީ އޮކްޓޯބަރު މަހުގެ 4 ވަނަ ދުވަހުއެވެ. އަދި ޝަކުވާ ހުށަހެޅުމަށް ވެސް ހުޅުވާލާނެ ކަމަށް ވަނީ ބުނެފައެވެ.


ފައިނަލް ލިސްޓު އާންމު ކުރާނީ އޮކްޓޫބަރު މަހުގެ 8 ވަނަ ދުވަހު ކަމަށް ޕީއެންސީން ބުނެއެވެ.


ކިޔުންތެރިންގެ ހިޔާލު

ހިޔަލަ

މިއީ އަރާއިރު އޮއްސުސް ހަހަހަހ

3 weeks ago