އުރީދޫގެ ގްރޯވިތް އުރީދޫ ޕްރޮގްރާމް އިސްރަށްވެހިންގެ ނާދީގައި ފަށައިފި

2 weeks ago

އަފްރާހް

އުރީދޫގެ ގްރޯވިތް އުރީދޫ ޕްރޮގްރާމް އިސްރަށްވެހިންގެ ނާދީގައި ފަށައިފިއެވެ.


މިއީ ބައިނަލްއަގްވާމީ އުމުރުން ދުވަސްވީ މީހުންގެ ދުވަހާ ގުޅުވައިގެން ފެށި ޕްރޮގްރާމެކެވެ.


މި ދުވަހާއި ގުޅިގެން އިސްރަށްވެހިންގެ ނާދީގައި ބޭއްވި ހާއްސަ ހަފުލާގައި އުރީދޫއިން ވަނީ ގާޑެނިންގ ކިޓުތައް ވެސް ބައިވެރިންނަށް ހަދިޔާކޮށްފައެވެ. 


މީގެއިތުރުން ގްރޯ ވިތް އުރީދޫގެ ބްރޭންޑް އެމްބެސިޑާރ "ޒުވާން ދަނޑުވެރިޔާ" ގެ ފަރާތުން ބައިވެރިންނަށް ވަނީ ދަނޑުވެރިކަމާ ބެހޭ ތިއަރީ އަދި ޕްރެކްޓިކަލް ސެޝަނެއް ކުރިއަށް ގެންގޮސްފައެވެ.


އިސްރަށްވެހިންގެ ކަންކަމުގައި އުރީދޫން ބަހައްޓަވާ ޝައުގުވެރިކަމާއި ސަމާލުކަން ފާހަގަކުރުމާއެކު، މި ޕްރޮގްރާމު ނާދީގައި ފަށައިދެއްވިކަމަށްޓަކައި އިޖުތިމާއީ އަދި އާއިލީ ތަރައްޤީއާ ބެހޭ ވުޒާރާގެ ފަރާތުން އުރީދޫގެ މެނޭޖްމަންޓަށް ވަރަށް ހާއްސަ ޝުކުރެއް އަދާކުރެއެވެ.


ކިޔުންތެރިންގެ ހިޔާލު