ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ހަށިވިއްކުމުގެ ވިޔަފާރިކުރި 5 އަންހެނުންނާއި އެޖެންޓު ހޯދައިފި

3 weeks ago

އަފްރާހް

ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ހަށިވިއްކުމުގެ ވިޔަފާރިކުރި ބިދޭސީންތަކެއް ހޯދައިފިއެވެ.


މޯލްޑިވްސް އިމިގްރޭޝަނުން ވިދާޅުވީ ރާއްޖޭގައި ފުޅާދާއިރާއެއްގައި ހަށިވިއްކުމުގެ ވިޔަފާރިކުރަމުންދިޔަ ބިދޭސީން ހޯދާފައިވަނީ އެ އިދާރާ އާއި ދިވެހި ފުލުހުންގެ ހިދުމަތުން ހިންގި ހާއްސަ އިންސްޕެކްޝަނެއްގައި ކަމަށެވެ.


މިދިޔަ އޮގަސްޓު މަހާއި ސެޕްޓެންބަރު މަހު ހިންގި މި އިންސްޕެކްޝަންތަކުގައި މިކަމުގައި ޝާމިލްވާ ބިދޭސީ ފަސް އަންހެނުންނާއި އެޖެންޓެއްގެ ގޮތުގައި މަސައްކަތް ކުރި މީހަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށް ވިދާޅުވިއެވެ.


އެގޮތުން އެޖެންޓެއްގެ ގޮތުގައި މަސަައްކަތް ކުރަމުންދިޔަ ބިދޭސީ ފިރިހެނަކު އިމިގްރޭޝަން ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށް ވިދާޅުވިއެވެ.


މީގެއިތުރުން މި މައްސަލަތައް ތަހުގީގު ކުރުމަށްފަހު ރާއްޖެ އަނބުރާ ނާދެވޭ ގޮތަށް މީގެތެރެއިން ތިން މީހަކު ޑީޕޯޓުކޮށްފައިވާއިރު، ބާކީ ތިން މީހުން ޑީޕޯޓުކުރުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް ވެސް އިމިގްރޭޝަނުން ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު