ހުރާގައި ސްޓޭންޑަރޑް ފަސްޓްއެއިޑް ކޯހެއް ހިންގައިފި

3 weeks ago

އަފްރާހް

މާލެއަތޮޅު ހުރާގައި ސްޓޭންޑަރޑް ފަސްޓްއެއިޑް ކޯހެއް ހިންގައިފިއެވެ.


މިއީ އެރަށު ކައުންސިލާއި އެ ރަށުގެ އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީއާއި އެމްއެންޑީއެފް މާލެ އޭރިއާ ކޮމާންޑް ގުޅިގެން ހިންގި ކޯހެކެވެ.


މި ޕްރޮގްރާމް ނިންމުމުގެ ގޮތުން މިއަދު އެރަށުގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ބައިވެރިންނަށް ހަނދާނީ ލިޔުން ހަވާލުކޮށްދެއްވީ އެމްއެންޑީއެފް މާލެ އޭރިއާ ކޮމާންޑްގެ ޑެޕިއުޓީ ކޮމާންޑަރ ލެފްޓިނެންޓް ކާނަލް އިސްމާޢީލް އާޠިފެވެ.


ސެޕްޓެމްބަރު 28 އިން އޮކްޓޫބަރު 1 އަށް ކުރިއަށްގެންދިޔަ މި ކޯހުގައި އެ ރަށުގެ 18 ކަނބަލުން ވަނީ ބައިވެރިވެފައެވެ.


މި ކޯހުގައި ފަސްޓްއެއިޑަކީ ކޮބައިކަމާއި، ނޭވާލާ ނިޒާމާއި ސީޕީއާރު ދޭނެ ގޮތް ވަނީ ކިޔައިދީފައެވެ. އަދި ހޭނެތިފަައިވާ މީހަކަށް ފަރުވާދޭނެ ގޮތާއި ޒަޚަމްވެ ލޭއައުން ފަދަ ކަންކަން މެނޭޖްކުރުމަށް ވެސް ކިޔައިދީފައި ވެއެވެ.


މީގެއިތުރުން ފިހުމުން ފަރުވާދޭންވީ ގޮތާއި އެއާއިގުޅުންހުރި ފަސްޓް އެއިޑް މެނޭޖްމަންޓް ފަދަ ބައިތައް ވަނީ ކިޔައިދީފައެވެ. އަދި މެޑިކަލް އިމަޖެންސީތައް ކަމުގައިވާ ހާޓް އެޓޭކާއި، އެސްމައާއި، ސްޓްރޯކާއި ކެޝުއަލްޓީ ކެރީސްއާއި، ޑްރައުނިންގ ގެ ބައިތައް ވެސް ވަނީ ކިޔަވައިދީފައެވެ.


މި ޕްރޮގްރާމްގައި ބައިވެރިންނަށް މައުލޫމާތު ފޯރުކޮށްދީފައި ވަނީ އެމްއެންޑީއެފް މެޑިކަލް ކޯރގެ މެޑިކުންނެވެ.


ކިޔުންތެރިންގެ ހިޔާލު