ދުނިޔޭގެ ގްރީން އިކޮނޮމިކް ސަމިޓުގައި ރާއްޖެެއިން ބައިވެރިވެއްޖެ

2 weeks ago

އަފްރާހް

ޔޫއޭއީ ސަރުކާރާއި ވޯލްޑް ގްރީން އިކޮނޮމީ އޯގަނައިޒޭޝަން (ޑަބްލިއުޖީއީއޯ) ގުޅިގެން ބޭއްވި ދުނިޔޭގެ ގްރީން އިކޮނޮމީ ސަމިޓުގައި ރާއްޖެއިން ބައިވެރިވެއްޖެއެވެ.


މި ސަމިޓުގައި ރާއްޖެ ތަމްސީލުކުރެއްވީ މޫސުމީބަދަލުތަކާ ތިމާވެއްޓާ ހަކަތައާއި ބެހޭ ވުޒާރާގެ ޑެޕިއުޓީ މިނިސްޓަރ އަހްމަދު މުޢާދުއެވެ.


ސަމިޓުގައި ވާހަކަ ދައްކަވަމުން ޑެޕިއުޓީ މިނިސްޓަރ މުޢާދު، ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތައް ހާސިލުކުރުމަށް ރާއްޖެއިން ކުރަމުންދާ މަސައްކަތްތަކުގެ މައްޗަށް އަލިއަޅުވާލެއްވިއެވެ. އަދި މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން އެޅޭ ފިޔަވަޅުތަކާއި، އެކަމުގެ އަސަރުތައް ކުޑަކުރުމަށް ކުރެވޭ މަސައްކަތްތަކަށް ބޭނުންވާ މާލީ އެހީގެ މުހިންމުކަން ފާހަގަކުރެއްވިއެވެ.


މި ސަމިޓަކީ މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭގޮތުން މަޝްވަރާކޮށް، ދެމެހެއްޓެނިވި ގޮތެއްގައި އިގްތިސާދު ކުރިއެރުވުމަށް ބޭއްވޭ މުހިންމު ބައްދަލުވުމެކެވެ. މިފަދަ ބައިނަލްއަގްވާމީ ފޯރަމްތަކުގައި ރާއްޖެ ބައިވެރިވުމަކީ ތިމާވެށި ރައްކާތެރިކުރުމަށް ރާއްޖެއިން ދޭ އަހައްމިއްޔަތުކަން ދައްކުވައިދޭ ކަމެކެވެ.


ކިޔުންތެރިންގެ ހިޔާލު