ސައުދީގެ ވިޔަފާރިތަކާއެކު ގުޅުން ބަދަހިކުރުމަށް މަޝްވަރާކޮށްފި

2 weeks ago

އަފްރާހް

އިކޮނޮމިކް މިނިސްޓަރ މުޙައްމަދު ސަޢީދު، ސައުދީ އަރަބިއްޔާގެ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކާ ގުޅޭ އޮތޯރިޓީގެ އަލްމުންޝާތުގެ ގަވަރނަރު އާ ބައްދަލުކުރައްވައިފިއެވެ.


އެމަނިކުފާނުގެ މި ބައްދަލުކުރެއްވުން އޮތީ އެގައުމަށް މިހާރުކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރޭގައެވެ.


މި ޒިޔާރަތުގައި އެ އޮތޯރިޓީގެ ގަވަރނަރ އާ ބައްދަލުކުރައްވާ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް އަލްމުންޝާތުން ދެމުންގެންދާ އެހީތެރިކަމުގެ މައުލޫމާތު ގަވަރނަރ ދެއްވާފައިވެއެވެ. އަދި ރާއްޖޭގެ މިފަދަ ވިޔަފާރިތަކާއި ސައޫދީ އަރަބިއްޔާގެ ވިޔަފާރިތަކުގެމެދުގައި ގުޅުން ބަދަހިކުރެވޭނެ ގޮތްތަކާއިމެދު ވެސް މަޝްވަރާކުރައްވާފައިވެއެވެ.


ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކާއި، އާމްދަނީ ހޯދުމަށް ކްރިއޭޓިވް މަސައްކަތްކުރާ ވަކިވަކި ފަރުދުންގެ އުފެއްދުންތެރިކަމާއި މަސައްކަތްތައް ފުޅާކުރުމަށް ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގެ ތެރޭގައި ކްރިއޭޓިވް އިންޑަސްޓްރީއެއް ގާއިމްކުރުމަށް 5 އަހަރުގެ އިސްތިރާޖެއް ސަރުކާރުން މިހާރު ވަނީ އެކުލަވާލައްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު