3 months ago
އެންމެބޮޑު އިދިކޮޅު ސިޔާސީ ޕާޓީ، އެމްޑީޕީން ވިޔަފާރިއެއް ކުރުމަށް ނިންމައިފިއެވެ.
މިކަން ހާމަކޮށްފައިވަނީ އޮކްޓޯބަރ 2 ވީ ބުރާސްފަތި ދުވަހުގެ ރޭ ބޭއްވި އެ ޕާޓީގެ ގައުމީ މަޖިލީހުގެ ޖަލްސާގައި އެމްޑީޕީގެ ޗެއަރޕާރސަން އަލްއުސްތާޛު ފައްޔާޟު އިސްމާއިލް އެވެ.
އެމަނިކުފާނު ވިދާޅުވީ މިއީ އެ ޕާޓީ އަށް މާލީ ތަނަވަސްކޮށް ހޯދުމަށް ކުރުމަށް ކުރާ ވިޔަފާރިއެއް ކަމަށެވެ.
ޕާޓީއެއް ހަރުދަނާކޮށް ހިންގުމަކީ ވަރަށް ގިނަ ފައިސާ ބޭނުންވާ ކަމެއްކަން ފާހަގަކުރައްވައި، ފައްޔާޟު ވަނީ އެ ޕާޓީ އަށް 19 އަހަރު ފުރި، ދެ ފަހަރަށް އެ ޕާޓީގެ ވެރިކަމެއް ގާއިމްކުރެވިފައިވީނަމަވެސް މިހާތަނަށް މާލީ ތަނަވަސްކަމެއް ހޯދިފައި ނެތްކަން ފާހަގަކުރައްވާފައެވެ.
އެ ޖަލްސާގައި ވިޔަފާރި ކުރެވޭނެ ގާނޫނީ ނިޒާމެއް ހޯދައި، އެގޮތަށް ކުރިއަށް ދިޔުމަށް ވަނީ ފާސްކޮށްފައެވެ. އަދި އެންމެ އަވަހަށް ބާއްވާ އެޕާޓީގެ ކޮންގްރެސް ބައްދަލުވުމެއްގައި މިކަން އަލުން ހުށަހަޅައި ފާސްކުރުމަށް ފަހު، ޕާޓީގެ އަސާސީ ގަވާއިދުގައި ހިމެނުމަށް ވެސް ވަނީ ނިންމާފައެވެ.
އެމްޑީޕީގެ ގައުމީ މަޖިލީހުގައި އެ ޕާޓީގެ ސިޔާސަތުތައް ކުރިއަރުވައި ބިނާކުރުމަށާއި ދައުލަތުގެ އެކި މަގާމުތަކަށް ކުރިމަތިލާ މީހުންނާއި ސަރުކާރުގެ އެކި މަގާމުތަކަށް އައްޔަން ކުރާ މީހުންނަކީ އެޕާޓީން ގަބޫލުކުރާ ހަމަތަކާއި އުސޫލުތަކުގައި ހިފަހައްޓާ ބަޔަކަށް ހެދުމަށް ހާއްސަ އެކަޑަމީއެއް އުފެއްދުމަށް ވެސް ފާސްކޮށްފައި ވެއެވެ.
ސިޔާސީ ޕާޓީތަކުގެ ހިންގުމާއި، ހަރަކާތްތައް ވަރުގަދަކުރުމަށް ބޭނުންވާ ފައިސާ ހޯދުމަށް ވިޔަފާރިއެއް ކުރުމަކީ ސިޔާސީ ޕާޓީތަކާއި ބެހޭ ގާނޫނުގައި ހުއްދަކޮށްފައިވާކަމެކެވެ.