ރާއްޖޭގެ ފަތުވެރިކަމުގެ ބިންގަލަކީ އަމާންކަމާއި ރައްކާތެރިކަން: ރައީސް

2 weeks ago

އަފްރާހް

ރާއްޖޭގެ ފަތުރުވެރިކަމުގެ ބިންގަލަކީ މިތުރުވެރިކަން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.


އެމަނިކުފާނު މިފަދައިން ވިދާޅުވީ މިއަދު ފާހަގަކުރަމުންދާ ގައުމީ ފަތުރުވެރިކަމުގެ ދުވަހާ ގުޅުވައިގެން ދުވަހުގެ ތަހުނިޔާ ފޮނުއްވައި، މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައެވެ.


އެ ޕޯސްޓުގައި ވިދާޅުވީ އެކުވެރިކަމާއި ހިތްހެޔޮކަމާއި އަމާންކަމާއި ރައްކާތެރިކަމަކީ ވެސް ރާއްޖޭގެ ފަތުވެރިކަމުގެ ބިންގާ ކަމަށެވެ. އަދި ރާއްޖޭގެ ފަތުވެރިކަން ކާމިޔާބުކަމާއެކު ދެމެހެއްޓުމުގައި ދިވެހީންގެ ސުލްހަވެރި، އަދި އޮމާން ދިވެހި ގޮތްތައް ހިފެހެއްޓުން ނުހަނު ބޭނުންތެރިކަމުގައި ވެސް ވަނީ ވިދާޅުވެފައެވެ.


ރާއްޖޭގައި ގައުމީ ފަތުރުވެރިކަމުގެ ދުވަސް ފާހަގަކުރަނީ ކޮންމެ އަހަރެއްގެ ވެސް އޮކްޓޫބަރު މަހުގެ 3 ވަނަ ދުވަހުއެވެ. މި ދުވަސް ފާހަގަކުރުމަށް ސަރުކާރުން ނިންމެވީ 2021 ވަނަ އަހަރުއެވެ.


އޮކްޓޫބަރު މަހުގެ 3 ވަނަ ދުވަހާ ދިމާކޮށް ފަތުރުވެރިކަމުގެ ދުވަސް ފާހަގަކުރުމަށް ނިންމެވީ ރާއްޖޭގައި ފުރަތަމަ ރިސޯޓެއް ހުޅުވި ތާރީހާއި ދިމާކޮށެވެ.


ރާއްޖޭގައި ފަތުރުވެރިކަން ފެށުނީ 1972 ވަނަ އަހަރުގައެވެ. މިއަދު ރާއްޖޭގެ ފަތުރުވެރިކަމަކީ ދުނިޔޭގެ އެންމެ މަތީ ފަންތީގެ ފަތުރުވެރިކަމެވެ.


ދުނިޔޭގެ އެންމެ މަގުބޫލު މަންޒިލްގެ ޝަރަފް ރާއްޖެއިން ވަނީ ވިދިވިދިގެން 4 އަހަރު ހާސިލްކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު