ދިވެހީންނަށް މަތީ ތައުލީމުގެ ފުރުސަތުތައް އިތުރުވަނީ ރައީސްގެ މިންނެތް މަސައްކަތްޕުޅުން

2 weeks ago

އަފްރާހް

މިއަދު ދިވެހިންނަށް މަތީ ތައުލީމުގެ ފުރުސަތުތައް އިތުރުވެފައިމިވަނީ ރައީސް ޑރ. މުހައްމަދު މުޢީޒުގެ ތައުލީމަށް ދެއްވާ އިސްކަމުގެ ތެރެއިން އެމަނިކުފާނުގެ މިންނެތް މަސައްކަތްޕުޅުންކަމަށް ހަޔަރ އެޑިއުކޭޝަން މިނިސްޓަރޑރ. މަރްޔަމް މާރިޔާ ވިދާޅުވެއްޖެއެވެ.


އެކަމަނާ މިފަދައިން ވިދާޅުވީ ތުރުކީން ރާއްޖެއަށް ފަހިކޮށްދީފައިވާ ސްކޮލަޝިޕްގެ ފުރުސަތުގައި މިހާތަނަށް ހޮވުނު 14 ދަރިވަރުންނަށް ބޭއްވި ހާއްސަ ހަފްލާގައެވެ.


އެކަމަނާ ވިދާޅުވީ ރައީސް ކޮށްޓަވައިދެއްވި، މަގުން އަޅުގަނޑުމެން ހިގައި، މިހާތަނަށް މި އާދެވުނީ، މި ކަމުގައި ވަރަށް ގިނަ ފަރާތްތަކެއްގެ ޝާމިލުވުން ވެސް ހިމެނިގެންކަމަށެވެ.


އެގޮތުން މިނިސްޓަރ އޮފް ފޮރިން އެފެއާޒާއި، އެ މިނިސްޓްރީގެ އެކި ފެންވަރުގެ އެކިއެކި ބޭފުޅުންނާއި ތުރުކީވިލާތުގައި ގާއިމުވެ ހުންނަވާ ދިވެހިރާއްޖޭގެ އެމްބެސެޑަރ ލެފްޓިނަންޓް ޖެނެރަލް (ރިޓަޔރޑް) ޢަބްދުއްރަޙީމް ޢަބްދުއްލަޠީފާއި އެމަނިކުފާނުގެ މިޝަންގެ މުވައްޒަފުން ފާހަގަކުރެއްވިއެވެ. އަދި ސްރީލަންކާގައި ހުންނަ، ތުރުކީވިލާތުގެ އެމްބަސީ، ތުރުކީގެ ހަޔަރ އެޑިޔުކޭޝަން ކައުންސިލް، އަދި އެ ގައުމުގެ މިނިސްޓްރީ އޮފް ކަލްޗަރ އެންޑް ޓޫރިޒަމާއި، އެ މިނިސްޓްރީގެ ޓަރކްސް އެބްރޯޑް އެންޑް ރިލޭޓެޑް ކޮމިޔުނިޓީސް ޑިޕާރޓްމަންޓް ވަނީ ފާހަގަކުރައްވާފައެވެ.


މީގެއިތުރުން ވެސް އެ މިނިސްޓްރީގެ ހަޔަރ އެޑިޔުކޭޝަން ފެސިލިޓޭޓިންގ ޑިޕާޓްމަންޓްގެ ސްކޮލަރޝިޕް ސެކްޝަނާއި، އިންޓަރނޭޝަނަލް ރިލޭޝަންސް ސެކްޝަނާއި އެހެނިހެން ސެކްޝަންތަކުގެ މުވައްޒަފުންގެ މިންނެތް މަސައްކަތް މިނިސްޓަރ ވަނީ ފާހަގަކުރައްވާފައެވެ. އެހެންކަމުން، އިސްކޮށް ހަރަކާތްތެރިވެވަޑައިގަތް ބޭފުޅުންނާއި އެހީތެރިކަން ފޯރުވައިދެއްވި އެންމެހާ ބޭފުންނަށް، ޖުމުލަކޮށް، އެކަމަނާވަނީ ޝުކުރު ދަންނަވާފައެވެ. 


ކިޔުންތެރިންގެ ހިޔާލު