ފުވައްމުލަކު ސިޓީ ކުނިގޮނޑުގައި ރޯވި އަލިފާން ނިއްވާލައިފި

2 weeks ago

އަފްރާހް

ފުވައްމުލަކު ސިޓީ ކުނިގޮނޑުގައި ރޯވި އަލިފާން، އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް، ފުވައްމުލަކު ފަޔަރ ސްޓޭޝަނުން ނިއްވާލައިފިއެވެ.


މި ހާދިސާގެ ރިޕޯޓް މިއަދު 11:50 ހާއިރު އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް، ފުވައްމުލަކު ފަޔަރ ސްޓޭޝަނަށް ލިބުމާއެކު، އެ ފަޔަރ ސްޓޭޝަނުގެ ފަޔަރ ފައިޓަރުން ވަނީ އެ ސަރަހައްދަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތް ކޮށްފައެވެ. 


މިގޮތުން، ފުވައްމުލަކު ފަޔަރ ސްޓޭޝަނުގެ ފަޔަރ ފައިޓަރުން ކުރި މަސައްކަތުން ކުނިގޮނޑުގައި ރޯވި އަލިފާން ނިއްވާލެވުނީ މިއަދު މެންދުރު 12:55 ހާއިރުއެވެ.


މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ވިކަމުގެ ރިޕޯޓު ލިބިފައެއް ނުވެއެވެ.


ކިޔުންތެރިންގެ ހިޔާލު