ޔޫތު ފޯކަސް ކޭމްޕްގެ ބައިވެރިންނަށް ސްވިމިންގ ސެޝަނެއް

2 weeks ago

އަފްރާހް

"ޔޫތު ފޯކަސް ކޭމްޕް" ގެ ބައިވެރިންނަށް، އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑުން ސްވިމިންގ ސެޝަނެއް ކުރިއަށް ގެންގޮސްފިއެވެ.


މިއީ އައްޑޫ ސިޓީގައި މޯލްޑިވްސް ރެޑްކްރޮސެންޓުގެ ފަރާތުން ޒުވާނުންނަށް ކުރިއަށްގެންދާ ކޭމްޕެކެވެ.


އޮކްޓޯބަރ 3 ވީ ބުރާސްފަތި ދުވަހު ހެނދުނު ކުރިއަށް ގެންދިޔަ މިސެޝަންގައި "ޔޫތް ފޯކަސް ކޭމްޕް" ގެ 21 ފަރާތެއް ބައިވެރިވިއެވެ.


މި ސެޝަންގައި ވޯޓަރ ޓްރިލިންގ، ލައިފް ސޭވިންގ ސްކިލްސްގެ ތިއަރީ ކުރިއަށް ގެންދިޔައެވެ. އަދި ޢަމަލީގޮތުން އެ ބައިތައް ބައިވެރިން ވަނީ ފަރިތަކޮށްފައެވެ.


މި ސެޝަންގެ ބައިވެރިންނަށް މައުލޫމާތު ފޯރުކޮށްދީ، ސެޝަން ކުރިއަށް ގެންގޮސްފައިވަނީ އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑްގެ މުދައްރިބުންނެވެ.


ކިޔުންތެރިންގެ ހިޔާލު