ރާއްޖެ އިސްލާމްވި ދުވަހުގެ ރަސްމީ ޖަލްސާ އޮކްޓޯބަރ 5 ގަ

2 weeks ago

އަފްރާހް

ރާއްޖެ އިސްލާމްވި ދުވަހުގެ ރަސްމީ ޖަލްސާ އޮކްޓޯބަރ 5 ގައި ބޭއްވުމަށް ނިންމައިފިއެވެ.


ރައީސުލްޖުމްހޫރޮއްޔާގެ އޮފީހުން ވިދާޅުވީ ރާއްޖެ އިސްލާމްވި ދުވަހުގެ މުނާސަބަތުގައި ބާއްވަވާ ރަސްމީ ޖަލްސާ، އަންނަ ހޮނިހިރު ދުވަހު ހެނދުނު އޮންނާނެ ކަމަށެވެ.


މި ޖަލްސާ އޮންނާނީ، އެ ދުވަހު ހެނދުނު 9 ޖަހާއިރު ދަރުބާރުގޭގައެވެ. ރާއްޖެ އިސްލާމްވި ދުވަހުގެ ގޮތުގައި ފާހަގަކުރަނީ ރަބީޢުލްއާޚިރު މަހުގެ 2 ވަނަ ދުވަހެވެ.


މި ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވާހަކަފުޅު ދެއްކެވުމަށް ވަނީ ހަމަޖެހިފައެވެ.


މި ޖަލްސާގައި އޮންނާނެ އެންމެ ހާއްސަ އެއްކަމަކީ، ޙާފިޡް ކަމުގެ ސަނަދު ހާސިލުކުރި ޙާފިޡުންނަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ މެޑެއްޔާއި، އިނާމާއި، ހަނދާނީ ލިޔުން ދެއްވުމެވެ.


މި ޖަލްސާގައި 28 ޙާފިޡަކަށް ރައީސުލްޖުމްހޫރިއްޔާ އިނާމު ދެއްވާނެއެވެ.


ކިޔުންތެރިންގެ ހިޔާލު