އިހަވަންދިއްޕޮޅުގައި ސީމެންސް ރެސްޓް ހުޅުވައިފި

2 weeks ago

އަފްރާހް

އިންޓަރނޭޝަނަލް ސީމެނުން ނަށް ހިދުމަށް ދިނުމަށް ސީމެންސް ރެސްޓް ގެ ނަމުގައި ހާއްސަ ހިޔާ އެއް ހުޅުވައިފިއެވެ.


މިއީ އުތުރު މެރިޓައިމް ސަރވިސަސް އިން، ބައިނަލް އަގުވާމީ ކަސްޓަމަރުންނަށް ޚިދުމަތް ދިނުމަށް ކުރެވިފައިވާ އިންތިޒާމުގެ ތެރެއިން ހުޅޫވި ތަނެކެވެ.


މި ހިޔާ ހުޅުވާފައިވަނީ އިހަވަންދިއްޕޮޅުގައި ތައްޔާރު ކުރެވިފައިވާ، އިންޓަރނޭޝަނަލް ޝިޕް އެންޑް ޕޯޓު ސެކިއުރިޓީ ގޭޓު” ފެސިލިޓީ ކައިރީގައެވެ.


މި ހިޔާ ހުޅުވުމުގައި އިހަވަންދިއްޕޮޅަށް ބަނދަރު ކުރި ޓޭންކަރ ގެ ކުރޫ އިން ބައިވެރި ވިއެވެ. މިހިޔާއިން ސީމެނުންނަށް ލިބެން ހުރި ޚިދުމަތްތަކުގެ ތެރޭގައި ބައެއް ކުޅިވަރު ކުޅުމާއި ރީޑިންގ ކޯނާ އަކާއި، ކޮފީ އަދި ސައި ފަދަ ތަކެތި ލިބުން ފަދަ ހިދުމަތްތައް ހިމެނެއެވެ.


މިޓޭންކަރގެ ކައްޕި ( ޗައިނާގެ ރައްޔިތެއް) ބުނި ގޮތުގައި އޭނާގެ ސީމެންސް ގެ ލައިފުގެ ވޭތުވެ ދިޔަ 20 އަހަރު ދުވަހުގެ ތެރޭގައި އުތުރު މެރިޓައިމް ސަރވިސަސް އިން ލިބުނު ފަދަ ފުރިހަމަ ހިދުމަތެއް ދުނިޔޭގެ އެއްވެސް ޕޯޓަކުން މިހާތަނަށް ލިބިފަކާ ނެތް ކަމަށެވެ.


އެހެންކަމުން އެމީހުން ތިބީ ދިވެހިރާއްޖެ އިން މިލިބުނު ހިދުމަތްތަކާ މެދު ވަރަށް ބޮޑަށް ހިތް ހަމަ ޖެހިފައެވެ. އަދި އޭނަޔާ ކުރޫންގެ ނަމުގައި އުތުރު މެރިޓައިމް ސަރވިސަސް އަށް ވަރަށް ބޮޑަށް ޝުކުރެއް ވަނީ އަދާކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު