ބްރޯޑްކާސްޓް ކުރުމަކީ އަމާނާތެއް: ރައީސް

2 weeks ago

އަފްރާހް

ބްރޯޑްކާސްޓްކުރުމަކީ އަމާނާތެއް ކަމަށާއި އަދި އެއީ ވަރަށް ބޮޑު މަސްއޫލިއްޔަތެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.


އެމަނިކުފާނު މިފަދައިން ވިދާޅުވީ މިއަދު ފާހަގަކުރަމުންދާ ދިވެހިރާއްޖޭގެ ބްރޯޑްކާސްޓިންގ ދުވަހާ ގުޅިގެން މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައެވެ.


'އެކްސް' ގައި ކުރައްވާފައިވާ ޕޯސްޓުގައި ރައީސް ވަނީ ރާއްޖޭގެ ބްރޯޑްކާސްޓް ކުރުމުގެ ދާއިރާގެ މައިގަނޑު އަމާޒަކަށް ވާންވާނީ ރާއްޖެއާއި ދިވެހި ގައުމުގެ ހައްގުގައި ވަކަލާތުކުރުންކަން ފާހަގަކުރައްވާފައެެވެ.


ރާއްޖޭގެ ބްރޯޑްކާސްޓިންގ ދުވަހުގެ ގޮތުގައި ފާހަގަކުރަމުން އަންނަނީ ކޮންމެ އަހަރެއްގެ އޮކްޓޫބަރު މަހުގެ 4 ވަނަ ދުވަހެވެ. މިއީ މި ދުވަސް ފާހަގަކުރާތާ 62 އަހަރު ފުރޭ އަހަރެވެ.


މި ދުވަސް ފާހަގަކުރަނީ ރާއްޖޭގައި ފުރަތަމަ ބްރޯޑްކާސްޓިންގ ފެށިގެން އައި އަހަރާއި ގުޅުވައިގެންނެވެ. 1962 ވަނަ އަހަރު ރާއްޖޭގައި ރަސްމީކޮށް ފުރަތަމަ ބްރޯޑްކާސްޓް ކުރަން ފެށީ ރޭޑިއޯ ހިދުމަތެވެ. އަދި އޭގެފަހުން 1978 ވަނަ އަހަރު ޓީވީގެ ހިދުމަތް ވަނީ ފަށާފައެވެ.


ސަރުކާރުން މި ހިދުމަތްތައް ދެމުން އައިސް، ޕްރައިވެޓް ބްރޯޑްކާސްޓިންގ އަށް ސަރުކާރުން ފުރުސަތު ހުޅުވާލީ 2006 ވަނަ އަހަރުއެވެ.


ބްރޯޑްކާސްޓިންގ ދުވަސް ފާހަގަކުރަނީ ގައުމު ބިނާކުރުމާއި ޑިމޮކްރަސީ އާލާކޮށް، ރައްޔިތުންގެ މެދުގައި ތަފާތު ދާއިރާތަކުން މައުލޫމާތުގެ މުއްސަނދިކަން އިތުރުކުރުމަށް ބްރޯޑްކާސްޓަރުން އަދާކުރާ މުހިންމު ދައުރު ފާހަގަކުރުމަށެވެ.


ކިޔުންތެރިންގެ ހިޔާލު