އާރުޑީސީ މުވައްޒަފުންނަށް ފަޔަރ އެވެއަރނެސް ސެޝަނެއް

2 weeks ago

އަފްރާހް

ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން، ތިލަފުށި މުވައްޒަފުންނަށް ފަޔަރ އެވެއަރނަސް ސެޝަނެއް ކުރިއަށް ގެންގޮސްފިއެވެ.


މިއީ އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސް އިން ކުރިއަށްގެންދިޔަ ސެޝަނެކެވެ.


ތިލަފުށީގައި ހުންނަ އާރުޑީސީ ސައިޓުގައި އޮކްޓޯބަރ 4 ވީ ހުކުރު ދުވަހު ކުރިއަށްގެންދިޔަ މި ސެޝަންގައި އާރުޑީސީގެ 11 ދިވެއްސަކާއި 55 ބިދޭސީންނާއެކު ޖުމުލަ 66 މުވައްޒަފަކު ބައިވެރިވިއެވެ.


މި ސެޝަންގައި ކިޔަވައިދީފައިވާ ބައިތަކުގެ ތެރޭގައި އަލިފާން ރޯވާން މެދުވެރިވާ ސަބަބުތަކާއި، އަލިފާން ފެތުރޭ ގޮތްތައް ހިމެނެއެވެ. އަދި އަލިފާން ނިއްވާނެ ގޮތުގެ އަސާސީ މައުލޫމާތު ވެސް ހިމެނެއެވެ.


މީގެއިތުރުން އަލިފާންނިވިއާއި ފަޔަރ ބްލޭންކެޓް ބޭނުން ކުރާނެގޮތުގެ މުހިންމު މައުލޫމާތުތައް ދީ، އަލިފާންނިވި ބޭނުންކޮށްގެން އަލިފާން ނިއްވާނެ ގޮތްތައް ވަނީ ފަރިތަކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު