ގެއްލުނު ކަނޑު ހޯދަން އައި ސަރުކާރަށް ކުރެވުނީ ކޮންކަމެއް: ރައީސް ޔާމީން

2 weeks ago

އަފްރާހް

ފޯޅަވައްސާ ދިމާލުން ގެއްލުނު ކަނޑު ހޯދަން އައި ސަރުކާރަށް ކުރެވުނުކަމެއް ނެތްކަމަށް ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.


ޕީއެންއެފް އިން ބޭއްވި ފްރަންޓު އޮފީސް ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނު ވިދާޅުވީ މި ސަރުކާރުން ވެރިކަމަށް އައީ ގެއްލުނު ކަނޑު ހޯދައިދޭނެ ކަމަށް ވައުދުވެގެން ކަމަށެވެ.


އެހެންނަމަވެސް ރައީސް ޔާމީން ވަނީ "ދަރިއަކު ދުނިޔެއަށް އުފަން ކުރާހާ މުއްދަތު ވެރިކަމަށް ފާއިތުވެގެން ދިޔައިރު" އެ ވައުދު ފުއްދަން ކުރެވުނީ ކޮން ކަމެއްތޯ ސުވާލު އުފައްދަވާފައެވެ.


މީގެއިތުރުން ސަރުކާރަށް ވަރަށްބޮޑަށް ފާޑުވިދާޅުވެ، އެމަނިކުފާނު ވަނީ ފޯޅަވަހީގެ ރަށްތަކުގެ ސިޔާދަތީ ބާރު މޮރިޝަސް އަށް ދޭން އިނގިރޭސިވިލާތުން އެއްބަސްވިކަން އިއުލާނު ކުރުމުން، ދެން މި ސަރުކާރުން ރައްޔިތުންގެ ކުރިމައްޗަށް އަރައި ދައްކަން އޮންނާނީ ކޮން މޫނެއްތޯ ވެސް ސުވާލު ކުރައްވާފައެވެ.


އެމަނިކުފާނު ވަނީ ފުރުސަތު ލިބުނު ނަމަވެސް ގެއްލުނު ކަނޑު ހޯދުމުގައި އެއްވެސް މަސައްކަތެއް މި ސަރުކާރުން ނުކުރާކަމަށް ވިދާޅުވެ، ނުރުހުންފާޅުކުރައްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު

ރަޝީދާ ފޭދޫ

ބޮނޑިބައް ޖަމީލު ކާރީބުނެގެން އެކަނޑު ހޯދަދޭންވީނޫ ންތޯ ދުނިޔޭގެ އެއްވެސް ތަނެއްގައި ނެއް ފެންވަރުގެ ގާނޫނީ ވަކީލެއް ގެންގުޅެނީ ތިބޭފުޅާނޫންތޯ އަމިއްލަ ގައުމަށް އެވަރުގެ ކަމެއް ކޮއްދޭން ތިބޭފުޅާ ވެސް އެއްމެރަނގަޅުވާނެނޫންތޯ

2 weeks ago

އަސްލޭ

މި ރާއްޖެ އަށް އޮތް މުސީބާތެއް މީ ބޮޑުވަގު ޔާމީނު ސަބަބުން ފަސް އަހަރު ދައުރެއްގަ ބުރުޖެއް އަޅާފަ ހޮސްޕިޓަލް އެއް އެޅިޔަސް ވަގަށް ބޭނުން ކުރި ފައިސާ މާގިނަ

2 weeks ago

އަސްލޭ

ޔާމީނުގެ ސަބަބުން މިރާއްޖެ އަށް އޮތީ ނާމާންކަމާ ބިރުވެރިކަން މީނަ އައް ވެރިކަން ނުލިބުނީމަ މީނަ މިއުޅެނީ ރާއްޖެ ހަލާކުކޮށް ނިންމާލަން ކިތަންމެ ވަރަކަށް ދޮގު ވާހަކަ ފެތުރިޔަސް ރަތްޔިތުން ނަށް ވަރަށް ސާފުކޮށް އެނގޭ މިހާރުގެ ރައީސް ދޮގު ނުބުނާކަން ޔާމީނު ހޭބަލިވެގެން ތެޅޭކަށް ރަތްޔިތުން ކަލެޔަކަށް ތާއިދު އެއް ނުކުރޭ އެއީ ކަލޭގެ ފަސް އަހަރު ގެ ވެރިކަމު އޮތީ ވައްކަން ކުރުމާ ކުށެއް ނެތް އެތަށް ބަޔަކު ޖަލުގޮޅީގަ ނޫންތޯ

2 weeks ago

ގަލަން

ކިތަންމެ މަސައްކަތެއް ކުރިއަސް ގެއްލުނު އެއްޗެއްނުލިބޭނެ ބޭކާކާރު ކަންތައްނުކުރޭ ޖަލްސާބާއްވައިގެން. ފޯޅަވަހިސަރަހައްދު މޮރިސަސްއަށް ދޭންވެގެން ދުނިޔޭގެ ބޮޑިތިބާރުތަކުން އެމަސަތްކަތް ކުރަނީ ރާއްޖެ ކިތަންމެވަރަކަސް އުޅުނަސް ނުލިބޭނެ ބޭކާރު ޚަރަދުކުރަން އެކަމާ ނޫޅުނިއްޔާ މާރަގަޅުވާނެ

2 weeks ago