ކީރިތި ޤުރްއާން ހިތުދަސްކުރި 28 ހާފިޘުންނަށް މެޑަލް ދެއްވައިފި

2 weeks ago

އަފްރާހް

ކީރިރި ޤުރުއާން ހިތުދަސްކުރައްވައިގެން ސަނަދު ހާސިލުކުރެއްވި 28 ޙާފިޡުންނަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، މެޑައްޔާއި ހަނދާނީ ލިޔުމާއި އިނާމު ދެއްވައިފިއެވެ.


މިއީ އޮކްޓޯބަރ 2022 ން 1 ސެޕްޓެންބަރު 2024 ގެ ނިޔަލަށް ކީރިތި ޤުރްއާން ހިތުދަސްކުރި ފަރާތްތަކެވެ.


އެ ބޭފުޅުންނަށް މެޑައްޔާއި ހަނދާނީ ލިޔުމާއި އިނާމު ދެއްވީ، ރާއްޖެ އިސްލާމްވި ދުވަހުގެ މުނާސަބަތުގައި ދަރުބާރުގޭގައި މިއަދު ބޭއްވި ރަސްމީ ޖަލްސާގައެވެ.


މިއަދު ޙާފިޡުކަމުގެ މެޑަލް ލިބިވަޑައިގެންނެވި 28 ބޭފުޅުންނަކީ އަލްޙާފިޡާ ފާޠިމަތުދީދީ، ޝެވިލް، ސ. ހިތަދޫ، އަލްޙާފިޡާ ޖަމީލާ ޢަލީދީދީ، ދޫޑިގަން، މައްސާގުގެ، ޏ. ފުވައްމުލައް، އަލްޙާފިޡާ ފާޠިމަތު ޢިޝާ، ނިޒާމް، ށ. މިލަންދޫ، އަލްޙާފިޡާ ޙަކީމަތު މުޙައްމަދު، ފުނާޑު. ހީނާގެ، ޏ. ފުވައްމުލައް، އަލްޙާފިޡާ އާމިނަތު ލަޠީފާ، ތިބްރޯޒްގެ، ސ. ހިތަދޫ އެވެ.


މީގެއިތުރުން އަލްޙާފިޡް މޫސާ އަޝްހަލް އަޝްރަފް، ހ. އީސްޓްލައިޓް އާއި އަލްޙާފިޡާ ފާޠިމަތު އަޙްމަދު، ދަޑިމަގު. ގުލްދަސްތާގެ، ޏ. ފުވައްމުލައް އާއި އަލްޙާފިޡް ޢަބްދުﷲ ރަޝީދު، އަލުއިމާގެ، ސ. ހިތަދޫ އާއި އަލްޙާފިޡް ޢަބްދުﷲ ބިން ޔާމީން، މޫންލައިޓްހިޔާ، ސ. މަރަދޫ ވެސް ވަނީ ޤުރްއާން ހިތުދަސްކޮށްފައެވެ. އަދި އަލްޙާފިޡާ ސަޢުދިއްޔާ މޫސާ، މީނާޒް، ށ. ބިލެތްފަހި އާއި އަލްޙާފިޡާ ސަޚިއްޔާ ޢަބްދުލްޣަނީ، ކުރިބޯށި، ރ. މީދޫ އާއި އަލްޙާފިޡާ ޔުމްނާ ޢަބްދުލްޢަޒީޒު، ފެހިގެ، ދ. މީދޫ އާއި އަލްޙާފިޡް މުޙައްމަދު ޔޫނުސް ބިން އިބްރާހީމް ޒާހިރު، ޖަވާހިރުމާގެ، ރ. ފައިނު ވެސް މި ލިސްޓުގައި ހިމެނެއެވެ.


ހަމަމިއާއެކު އަލްޙާފިޡް ރާހިން ބިން މުޙައްމަދު، މާތޮޑާއަވަށް. ޖަގަހަ، ގދ. ފަރެސްމާތޮޑާ، އަލްޙާފިޡް އިޒްކާން ޢަޖީބް ޙުސައިން، ގ. ފަރެސް، އަލްޙާފިޡް މުޙައްމަދު ޙަނޫން ޙުސައިން، ފަރުބަދަ، ސ. ފޭދޫ، އަލްޙާފިޡް ޢަލީ ރައީފު، ދޮންމޫނިމާ، އއ. ތޮއްޑޫ، އަލްޙާފިޡާ ފާޠިމަތު ނަޞީރާ، ނިކަގަސްދޮށުގެ. ސ. ހިތަދޫ، އަލްޙާފިޡް އަޛީން މުޙައްމަދު، ދަޑިމަގު. ބެންހާގެ، ޏ. ފުވައްމުލައް، އަލްޙާފިޡް ރަސްލާން ޢަބްދުއްރައްޒާޤް ޢީސާ، ޢަންބަރީގެ، ރ. މީދޫ، އަލްޙާފިޡާ ޝަބީނާ ޢަބްދުﷲ، އަސްވާޑު، ގއ. ދެއްވަދޫ ވެސް ވަނީ ޤުރްއާން ހިތުދަސްކޮށްފައެވެ.


މި ލިސްޓުގައި ދެން ހިމެނެނީ އަލްޙާފިޡާ މޫނިސާ ޢަބްދުއްރަޙީމް، ކިނާރާ، ނ. ލަންދޫ، އަލްޙާފިޡް އާސިރު ޢާރިފް ޔޫސުފް، އަޅިވިލާގެ، ބ. އޭދަފުށި، އަލްޙާފިޡް ޢަލާވީ އައްޔޫބް ބުން މުޙައްމަދު ޝުޖާޢު، މއ. ރަތްއެންދެރި، އަލްޙާފިޡް ޢަބްދުﷲ ޙަޔާން ޙަމީޒް، ގުރަހަ، ޅ. ނައިފަރު، އަލްޙާފިޡް ރައްޔާން އަޙްމަދު މުޙައްމަދު، ދަޑިމަގު. ދޫރެސް، ޏ. ފުވައްމުލައް، އަލްޙާފިޡާ ޢާއިޝަތު ޞާއިބަތު މުޙައްމަދު ރިކްޒާން، ފެމެލީ، ޅ. ނައިފަރު އަދި އަލްޙާފިޡް ބިލާލް ބިން އަޙްމަދު، ގ. ހީނާހިޔާ އެވެ.


މި ޖަލްސާގައި ރައީސް ވަނީ އިނާމު ލިބިވަޑައިގެންނެވި ހުރިހާ ބޭފުޅުންނަށް ތަހުނިޔާ ވިދާޅުވެފައެވެ.


ކިޔުންތެރިންގެ ހިޔާލު