ރާއްޖޭގެ ތާރީހުގައި އެންމެ ބޮޑު އިންގިލާބީ ބަދަލެއް އައީ ރާއްޖެ އިސްލާމްވި ދުވަހު

2 weeks ago

އަފްރާހް

ރާއްޖޭގެ ތާރީހުގައި އެންމެ ބޮޑު އިންގިލާބީ ބަދަލެއް އައި ދުވަހަކީ ރާއްޖެ އިސްލާމްވީ ދުވަސް ކަމުގައި ދިވެހިބަހާއި ސަގާފަތާއި ތަރިކައާބެހޭ ވަޒީރު އާދަމް ނަޞީރު އިބްރާހިމް ވިދާޅުވެއްޖެއެވެ.


އެމަނިކުފާނު މިފަދައިން ވިދާޅުވީ ރާއްޖެ އިސްލާމްވި ދުވަސް ފާހަގަކުރުމަށް ބޭއްވެވި ރަސްމީ ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.


މިނިސްޓަރ ވަނީ އެދުވަހަކީ ދިވެހިންގެ ދިރިއުޅުމުގެ ހުރިހާ ކަމެއް އެންމެ ރަނގަޅު މަގަށް އެނބުރިގެން ދިޔަ ދުވަސްކަމަށެވެ. އަދި ރާއްޖެ އިސްލާމުވުމަކީ ރާއްޖެއަށް ލިބިގެންދިޔަ ވަރަށް ބޮޑު ނިއުމަތަކާއި ނަސީބެއްކަން ވެސް ފާހަގަކުރެއްވިއެވެ.


މީގެއިތުރުން ދިވެހިންގެ ދިރިއުޅުމުގައި އެންމެ އިސްކަން ދެވޭ ކަމަކީ އިސްލާމްދީން ކަމަށާއި ދިވެހިންގެ ބަސްކޮށާރުގައި ވެސް ދީނާއި ގުޅިފައިވާ ހާއްސަ ބަސްތައް ހިމެނޭކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި އިހުގައި ދިވެހިންގެ ދިރިއުޅުމުގެ އާދަކާދަތަކާއި އިސްލާމް ދީނާއި ގުޅިފައިވާ މިންވަރު ހާމަކުރައްވައި، ބައެއް ކަންތައްތައް ވެސް ހިއްސާކުރެއްވިއެވެ.


ދިވެހިންގެ ދިރިއުޅުމުގައި އެންމެ އުހުގައި އޮތް ހަގީގަތާއި، ހުރިހާ ޢަމަލުތަކާއި ހުރިހާ އަސާސްތައް ފެށިގެން އަންނަނީ އިސްމާލްދީނުން ކަމުގައި ވެސް މިނިސްޓަރ ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު