ޗައިނާ އިން މިއަހަރު ތިން ލައްކަ ފަތުރުވެރިން ރާއްޖެ ގެނައުމަކީ އަމާޒެއް: ފައިސަލް

2 weeks ago

އަފްރާހް

ފަތުރުވެރިކަމުން ލިބޭ އާމްދަނީ އިތުރުކުރުމަށް މި ސަރުކާރުން މަސައްކަތް ކުރަމުން އަންނަކަމުގައި ޓޫރިޒަމް މިނިސްޓަރ އިބްރާހިމް ފައިސަލް ވިދާޅުވެއްޖެއެވެ.


ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން އެމަނިކުފާނު ވިދާޅުވީ މި ސަރުކާރުގެ 5 އަހަރު ނިމޭއިރު އާމްދަނީ 7 ބިލިޔަން ޑޮލަރަށް އިތުރުކުރުމަށް ޕްލޭންތަކެއް އެބަހުރިކަމަށެވެ. އަދި އަހަރެއްގެ މައްޗަށް ރާއްޖެއަށް އަންނަ ފަތުރުވެރިން އަދަދުވެސް 4 މިލިއަންނަށް ހެދުމަށް މަސައްކަތް ކުރަމުން އަންނަކަމަށް ވިދާޅުވިއެވެ.


މީގެއިތުރުން ޗައިނާ އާއި އިންޑިއާ އިން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރުކުރުމަށް ވެސް މަސައްކަތްތަކެއް ކުރަމުން އަންނަކަން ވަނީ ފާހަގަކުރައްވާފައެވެ. އެގޮތުން ޗައިނާ މާކެޓުން ދެ ލައްކައަށްވުރެ ގިނަ ފަތުރުވެރިން މިއަހަރު ޒިޔާރަތްކޮށްފައިވާއިރު، މިހާރުގެ އަމާޒަކީ 2019 ވަނަ އަހަރުގެ ރެކޯޑް މުގުރާލައި، ތިން ލައްކައަށްވުރެ ގިނަ ފަތުރުވެރިން ޗައިނާ އިން ރާއްޖެ ގެނައުން ކަމުގައި ވިދާޅުވިއެވެ.


ހަމަމިއާއެކު މިއަހަރު ފެށުނުއިރު އިންޑިއާ މާކެޓު ހީނަރުވެފައިވީނަމަވެސް އެކަން މަޑުމަޑުން ރަނގަޅުވަމުން އަންނަކަމަށާއި ކުރިއަށް އޮތް ހައިސީޒަން އެގައުމުން ވެސް އިތުރު ފަތުރުވެރިން ރާއްޖެ އައިސް މާކެޓު ރަނގަޅުވާނެކަަމަށް އުއްމީދު ކުރައްވާކަމަށް މިނިސްޓަރ ފައިސަލް ވަނީ ވިދާޅުވެފައެވެ.


ކިޔުންތެރިންގެ ހިޔާލު