މެދުރާއްޖެތެރޭގެ ރަަށްތަކަށް ހުދު ސަމާލު ނެރެފި

2 weeks ago

އަފްރާހް

މޫސުމާއިބެހޭ ގައުމީ އިދާރާ އިން މެދުރާއްޖެތެރޭގެ ރަށްތަކަށް ހުދު ސަމާލު ނެރެފިއެވެ.


އެ އިދާރާ އިން ހާމަކޮށްފައިވާ ގޮތުގައި އެ ސަރަހައްދުގެ ރަށްތަކަށް ބޯކޮށް ވާރޭވެހި، ގުގުރާނެއެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވާނެއެވެ.


މާލެއަތޮޅުން ފެށިގެން ހައްދުންމައްޗާއި ހަމައަށް ހުދު ސަމާލު ނެރެފައިވާއިރު، މޫސުމީ ބުލެޓިންގައި ބުނީ ރާއްޖޭގެ އެކި ހިސާބުތަކަށް ވެސް ގުގުރުމާއެކު ވިއްސާރަކުރާނެ ކަމަށެވެ. އަދި ބައެއް ރަށްތަކަށް ބޯކޮށް ވާރޭ ވެހުން ވެސް އެކަށީގެންވާ ކަމަށެވެ.


މީގެއިތުރުން ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު 8 މޭލާއި 18 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭއިރު، ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައި އިތުރަށް ގަދަވާނެ ކަމަށް ވެސް ވަނީ ބުނެފައެވެ.


ކިޔުންތެރިންގެ ހިޔާލު