ވޭމަންޑޫގެ ގޮނޑުދޮށް ގިރުމާއި ކުނި މެނޭޖު ކުރުމާއި ގުޅޭގޮތުން މަޝްވަރާކޮށްފި

2 weeks ago

އަފްރާހް

ތ. ވޭމަންޑޫ ކައުންސިލުން، އެންވަޔަރްމެންޓް މިނިސްޓަރ ޠާރިޤް އިބްރާހީމްއާ ބައްދަލުކުރައްވައިފިއެވެ.


މި ބައްދަލުވުމުގައި ވޭމަންޑޫގެ ގޮނޑުދޮށް ގިރުމުގެ މައްސަލައާއި ކުނި މެނޭޖްކުރުމާ ގުޅޭ މައްސަލަތަކާ ބެހޭގޮތުން މަޝްވަރާކުރެވުނެވެ.


މިނިސްޓްރީގައި ބޭއްވި މި ބައްދަލުވުމުގައި އެރަށު ކައުންސިލުގެ މެންބަރުންނާއި މިނިސްޓްރީގެ އިސް އޮފިޝަލުން ބައިވެރިވެވަޑައިގެންނެވިއެވެ. ބައްދަލުވުމުގައި ރަށުގެ ތިމާވެށީގެ ދެ މުހިންމު މައްސަލައަކާ ބެހޭގޮތުން ތަފްސީލީ މަޝްވަރާތަކެއް ކުރެވުނެވެ.


ގޮނޑުދޮށް ގިރުމުގެ މައްސަލައަކީ ވޭމަންޑޫ އަށް ދިމާވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުން ކަމަށް ކައުންސިލުން ފާހަގަކުރިއެވެ. މި މައްސަލަ ހައްލުކުރުމަށް އަޅަންޖެހޭ ފިޔަވަޅުތަކާ ބެހޭގޮތުން މިނިސްޓަރާ މަޝްވަރާކުރެވުނެވެ. އަދި ކުނި މެނޭޖްކުރުމުގެ ނިޒާމު ހަރުދަނާކުރުމަށް ބޭނުންވާ އެހީތެރިކަމާ ބެހޭގޮތުންވެސް ވާހަކަދެކެވުނެވެ.


މިނިސްޓަރ ވިދާޅުވީ ވޭމަންޑޫގެ މި ދެ މައްސަލަ ހައްލުކުރުމަށް މިނިސްޓްރީން އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައި މި މައްސަލަތަކަށް ދާއިމީ ހައްލެއް ހޯދުމަށް މަސައްކަތްކުރާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. 


ކިޔުންތެރިންގެ ހިޔާލު