މިއަދު މެންދުރުފަހު މާލޭގެ ބައެއް ސަރަހައްދުން ކަރަންޓު ކެނޑިދާނެ

2 weeks ago

އަފްރާހް

ސްޓެލްކޯ އިން ކުރިއަށްގެންދާ ކަރަންޓު ވިއުގަ އަޕްގްރޭޑް ކުރުމުގެ މަސައްކަތް މިއަދު ކުރިއަށްދާނެ ކަމަށް އެ ކުންފުނިން ވިދާޅުވެއްޖެއެވެ.


"އެކްސް' ގައި ކުރައްވާފައިވާ ޕޯސްޓެއްގައި ވަނީ އެ މަސައްކަތް މިއަދު ކުރިއަށްދާނީ މާލެ ސިޓީގައި ކަމަށެވެ.


އެގޮތުން ފިލިގަސް ހިނގުން، މަޖީދީ މަގު، ބޮޑުފުންގަނޑު މަގު އަދި ބުރެވި މަގު ހިމެނޭ ސަރަހައްދުން މިއަދު މެންދުރުފަހު 2 ން ފެށިގެން ހަވީރު 4 ޖެހުމާއި ދެމެދު ކަރަންޓުގެ ހިދުމަތް މެދުކެނޑުމަކީ އެކަށީގެންވާ ކަމެއް ކަމުގައި ސްޓެލްކޯ އިން ވަނީ ވިދާޅުވެފައެވެ.


މިކަމުގެ ސަބަބުން ކަސްޓަމަރުންނަށް ދިމާވެދާނެ ދަތިތަކަށް ސްޓެލްކޯ އިން މައާފަށް އެދެއެވެ.


ކިޔުންތެރިންގެ ހިޔާލު