ބްރޯޑްކާސްޓް ކަޕްގެ ޑިޖިޓަލް ޕާޓްނަރއަކަށް އުރީދޫ

2 months ago

އަފްރާހް

"ބްރޯޑްކާސްޓް ކަޕް 2024" ގެ ޑިޖިޓަލް ޕާޓްނަރއަކަށް އުރީދޫ މޯލްޑިވްސް ހަމަޖައްސައިފިއެވެ.


މިކަމުގެ އެެއްބަސްވުމުގައި ސޮއިކޮށްފައިވަނީ އޮކްޓޯބަރ 9 ވީ ބުދަ ދުވަހުއެވެ.


މިއީ ކޮންމެ އަހަރެއްގެ ވެސް ބްރޯޑްކާސްޓް ދުވަހާއި ގުޅުވައިގެން ރާއްޖޭގައި ހިންގާ ހުރިހާ ޓީވީ/ރޭޑިއޯ ޗެނަލްތަކަށް ހުޅުވާލައިގެން ބްރޯޑްކާސްޓިންގ ކޮމިޝަނުން ބާއްވާ މުބާރާތެކެވެ. ބްރޯޑްކާސްޓިންގ ދުވަހުގެ ގޮތުގައި ފާހަގަކުރަނީ ކޮންމެއަހަރެއްގެ ވެސް 4 އޮކްޓޯބަރ އެވެ.


މި އަހަރުގެ މުބާރާތް މި މަހުގެ 11 އަދި 12 ގައި ކުރިއަށް ގެންދިއުމަށް ތާވަލުކޮށްފައިވާއިރު، 8 ޓީމެއް ވަނީ ބައިވެރިވެފައެވެ. އަދި ގުރުއަތުލުން އޮކްޓޯބަރ 8 ވަނަ ދުވަހު ބާއްވާފައިވާއިރު، މި މުބާރާތް ކުރިއަށް ގެންދާނީ ބައިވެރިވި ޓީމުތައް ދެ ގްރޫޕަކަށް ބަހާލައިގެންނެވެ.


އެގޮތުން ގްރޫޕް އެކެއްގައި ހިމެނެނީ ޕީއެސްއެމް ނިއުސް، ވަގުތު ޕްލަސް، އަސްލު ޓީވީ އަދި ބްރޯޑްކޮމް ޓީމު ހިމެނޭއިރު، ގްރޫޕް ދޭއްގައި ހިމެނެނީ ޓީވީއެމް، އެސްއެސް ޓީވީ، ވީޓީވީ އަދި އައިސް ޓީވީއެވެ.


މިއީ ރާއްޖޭގެ މީޑިއާ ދާއިރާގައި ހަރަކާތްރެރިވާ ބްރޯޑްކާސްޓަރުންނާއި އިތުރަށް ގުޅުން ބަދަހިކޮށް ހަރުދަނާކުރުމުގެ މަގްސަދުގައި ބާއްވާ މުބާރާތެކެވެ.


ފައިބެއަހަރު ވެސް މި މުބާރާތް ވަނީ ބާއްވާފައެވެ. އެ މުބާރާތުގެ ޗެމްޕިއަންކަން ޔެސް ޓީވީން ހޯދީ އައިސް ޓީވީ ބަލިކުރުމަށްފަހުއެވެ.


ކިޔުންތެރިންގެ ހިޔާލު