ޒުވާނުން މަސައްކަތްތެރި ބަޔަކަށް ހެދުމަށް ރައީސް ކުރައްވާ މަސައްކަތަށް ސްޓެލްކޯ އެމްޑީގެ ތައުރީފް

1 week ago

އަފްރާހް

ދިވެހި ޒުވާނުން މަސައްކަތްތެރި ބަޔަކަށް ހެދުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ކުރައްވާ މަސައްކަތްޕުޅަށް ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ޙުސައިން ފަހުމީ ތައުރީފް ކުރައްވައިފިއެވެ.


އެމްޑީ މިފަދައިން ތައުރީފް ކުރެއްވީ ސްޓެލްކޯއިން ކުރިއަށް ގެންދާ ލީޑަރޝިޕް އެންހޭންސްމަންޓް ޕްރޮގްރާމް ސްޓެލްކޯގެ 469 މުވައްޒިފުން ފުރިހަމަކުރުމާއި ގުޅިގެން ކުރެއްވި ޕޯސްޓެއްގައެވެ.


'އެކްސް' ގައި ކުރައްވާފައިވާ ޕޯސްޓުގައި އެކަމަކީ އެ މުވައްޒިފުންނަށް ރަނގަޅު މުސްތަޤްބަލެއް ލިބިގެންދާނެކަމެއްކަން ފާހަގަކުރައްވައި، ވަނީ ލީޑަރޝިޕް އެންހޭންސްމެންޓް ޓްރެއިނިނިންގ ޕްރޮގްރާމުގެ ސަބަބުން މުވައްޒަފުންނާއި ކުންފުންޏަށް ވެސް ފައިދާތަކެއް ލިބިގެންދާނެ ކަމަށެވެ.


މީގެއިތުރުން މިއީ މުވައްޒަފުން ބާރުވެރިކުރުވުމަށް އެކުންފުނިން ކުރިއަށް ގެންދާ މުހިންމު ޕްރޮގްރާމެއްކަން ވެސް ފާހަގަކުރައްވާފައި ވެއެވެ.


މިއީ ސްޓެލްކޯއިން މިކަމަށް ކުރިއަށް ގެންދިޔަ 9 ވަނަ ބެޗެވެ. މިބެޗުގައި ބައިވެރިވީ 51 މުވައްޒަފުންނެވެ. މިޕްރޮގްރާމް ކުރިއަށް ގެންދަނީ ގިރިފުށި ޓްރޭނިންގ ސެންޓަރުގައެވެ. 


ކިޔުންތެރިންގެ ހިޔާލު