ތިން ވަޒީރަކަށް ރުހުން ހޯދުމުގެ މައްސަލަ ދިރާސާކުރަން ކޮމިޓީއަށް

1 week ago

އަފްރާހް

ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ވަޒީރުންގެ މަޖިލީހަށް އައްޔަންކުރެއްވި ތިން ވަޒީރަކަށް ރުހުން ހޯދުމުގެ މައްސަލަ ދިރާސާކުރަން ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީއަށް ފޮނުވައިފިއެވެ.


ކޮމެޓީއަށް ފޮނުއްވި ތިން ވަޒީރުންނަކީ ފޮރިން މިނިސްޓަރުގެ މަގާމަށް އައްޔަންކުރެއްވި ޑރ. ޢަބްދުﷲ ޚަލީލާއި ފިނޭންސް މިނިސްޓަރުގެ މަގާމަށް އައްޔަން ކުރެއްވި މޫސާ ޒަމީރު އަދި ހެލްތު މިނިސްޓަރުކަމަށް އައްޔަންކުރެއްވި ޢަބްދުﷲ ނާޡިމް އިބްރާހީމް އެވެ.


ރައީސް، އެމަނިކުފާނުގެ ކެބިނެޓަށް ބަދަލުތަކެއް ގެންނަވާފައިވަނީ މިދިޔަ ސެޕްޓެމްބަރ މަހުގެ 30 ވަނަ ދުވަހުއެވެ.


ގާނޫނުގައިވާގޮތުގައި ރައީސުލްޖުމްހޫރިއްޔާ ވަޒީރުންގެ މަޖިލީހަށް ބަދަލެއް ގެންނެވިނަމަވެސް އަދި ވަޒީރުންގެ މަޖިލީހަށް ބޭފުޅަކު އައްޔަން ކުރެއްވި ނަމަވެސް ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯދަން ޖެހޭނެއެވެ.


މަޖިލީހުން ވަޒީރުންނަށް ރުހުން ދޭނީ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީން ނަންތައް ދިރާސާކުރެއްވުމަށްފަހު ކޮމިޓީން ނިންމާގޮތް މަޖިލީހުގެ ތަޅުމަށް ހުށަހެޅުމުން މެންބަރުންގެ މެދުގައި ނަގާ ވޯޓަކުންނެވެ.


ކިޔުންތެރިންގެ ހިޔާލު