އަޒީމާ، އިންޑިއާގެ ސަފީރުކަމަށް އައްޔަން ކުރަނީއާ

1 week ago

އަފްރާހް

ރާއްޖޭން އިންޑިއާއަށް ކަނޑައަޅުއްވާ އައު ސަފީރުގެކަމުގެ މަގާމަށް އާއިޝަތު އަޒީމާ އައްޔަން ކުރެއްވުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ރައްޔިތުންގެ މަޖިލީހަށް ފޮނުއްވައިފިއެވެ.


އަޒީމާ އެ މަގާމަށް އައްޔަން ކުރެއްވުމަށް ފޮނުއްވީ، އެމަގާމުގައި މިހާރު ހުންނެވި އިބްރާހިމް ޝަހީބުގެ ބަދަލުގައެވެ.


ރައްޔިތުންގެ މަޖިލީހުގެ ރިޔާާސަތުން ވަނީ އެ މައްސަލަ ދިރާސާކުރުމަށް ޚާރިޖީ ގުޅުންތަކުގެ ކޮމިޓީއަށް ފޮނުއްވާފައެވެ.


ރާއްޖެއިން ޗައިނާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުގެ މަގާމާއި އިނގިރޭސިވިލާތުގެ ލަންޑަންގައި ހުންނަ ދިވެހި އެމްބަސީގެ ޑެޕިއުޓީ އެމްބެސެޑަރުގެ މަގާމު ވެސް އަދާކުރައްވާފައިވާ އަޒީމާއަކީ ޚާރިޖީ ވުޒާރާގެ އެޑިޝަނަލް ސެކްރެޓަރީގެ މަގާމާއި ޖޮއިންޓް ސެކްރެޓަރީގެ މަގާމު ވެސް އަދާކުރައްވާފައިވާ ފަރާތެކެވެ.


ރާއްޖެއާއި ރާއްޖޭން ބޭރުގައި ތަމްރީން ޕްރޮގްރާމްތައް ފުރިހަމަކުރައްވާފައިވާ އަޒީމާ ގެންދަވަނީ 1988 ވަނަ އަހަރުން ފެށިގެން ސަރުކާރުގެ އެކި ވުޒާރާތަކުގައި އެކި ފަންތީގެ މަގާމުތައް އަދާކުރައްވަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު