ސިޔާސީ ޕާޓީތަކުގެމަތީން ރައްޔިތުން ފޫހިވެއްޖެ، ޕާޓީތައް ހިންގޭނެ ގޮތެއް ނެތް: ނާޒިމް

1 week ago

އަފްރާހް

ދިވެހި ރައްޔިތުން، ސިޔާސީ ޕާޓީތަކުގެ މަތީން މިއަދުތިބީ ފޫހިވެފައިި ކަމުގައި މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) ގެ ރައީސް ކާނަލް ރިޓެއަރޑް މުހައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ.


އެމަނިކުފާނު މިފަދައިން ވިދާޅުވީ 'އެން ޓީވީ' އިން ގެނެސްދޭ 'ދެކޭގޮތް' ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުންނެވެ.


ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެމްބަރުކަން ވެސް ކުރައްވާ ނާޒިމް ވިދާޅުވީ ރާއްޖޭގައި ސިޔާސީ ޕާޓީތައް އުފެދުނުފަހުން މިހައިތަނަށް ގާތްގަޑަކަށް ތިން ވެރިކަމެއް ފެނިއްޖެ ކަމަށާއި އެހެންނަމަވެސް ރައްޔިތުން އެދޭ މިންވަރަށް އެއްވެސް ސަރުކާރަކަށް ހާސިލެއް ނުކުރެވުނު ކަމަށެވެ.


"ހާއްސަކޮށް ސިޔާސީ ޕާޓިއަކުން ވެރިކަންކުރަން އައިސްފަ އެ ސިޔާސީ ޕާޓީއަކާއެކު ގެނެވުނު ފިކުރެއް އަޅުގަނޑަކަށް ނުފެނުނު ރައްޔިތުންނާ ހަމައަށް ފޯރުކޮށްދިންތަނެއް." ނާޒިމް ވިދާޅުވިއެވެ.


މީގެއިތުރުން މިއަދު މިފެންނަނީ ރައްޔިތުން ފަގީރުވަމުންދާތަން ކަމަށާއި މުއްސަނދިންނާއި ފަގީރުންގެ ތަފާތު ވަރަށްބޮޑުވެގެން ދާތަން ފެންނަމުންދާކަން ފާހަގަކުރެއްވިއެވެ. އަދި ސިޔާސީ ޕާޓީތައް އުފައްދައިގެން ރައްޔިތުން ބޭނުންވީ ހަމަހަމަކަން ގާއިމުކޮށް، ރައްޔިތުންނަކީ ފުދުންތެރި ބަޔަކަށްވުމަށް ކަމަށް ވެސް ވިދާޅުވިއެވެ.


ނާޒިމް އިތުރަށް ވިދާޅުވީ އެހެންނަމަވެސް އެކަން ހާސިލެއް ނުކުރެވުނު ކަމަށާއި ސިޔާސީ ޕާޓީތައް ހިންގުމަކީ ވެސް މިއަދު އުނދަގޫ ކަމެއް ކަމަށެވެ. އަދި ސިޔާސީ ޕާޓީތައް ބޭނުން ނުވާކަމަށް ދެކޭ މީހުން ވެސް މިހާރު ވަރަށް ގިނަވެއްޖެ ކަަމަށް ވެސް ވިދާޅުވިއެވެ.


ހަމަމިއާއެކު ޕާޓީތައް ހިންގުމުގައި ވެސް ބޮޑެތި ގޮންޖެހުންތަކެއް އެބަހުރިކަން ފާހަގަކުރައްވައި ވިދާޅުވީ ވެރިކަމުގައި އޮންނަ ޕާޓީއެއް ހިންގުމަށްޓަކައި އެކި ފަރާތްތަކުން މަދަދު ދޭނެ ކަމަށެވެ. އެކަމަކު ވެރިކަމުގައި ނެތް ޕާޓީއަކަށް އެއްޗެއް ދިއްކޮށްލާނެ މީހަކު ނުވާކަން ވަނީ ފާހަގަކުރައްވާފައެވެ. 


ކިޔުންތެރިންގެ ހިޔާލު

ފޫހި ފޫހި

ނާޒިމަކަސް ތިވިދާޅުވީ ވަރަށް ެސްބޮޑު ހަގީގަރެއް ތީމިގސރުނުގެވެސް އެންމެބޮޑުތެދު.

1 week ago

އަމާން

ރައްޔިތުންނޭވެ..ނާޒިމުގެ ވާހަކަ އަޑުއައްސަވާ..އެވިދާޅުވީ ހެޔޮ ވާހަކަފުޅެއް..ޕާޓީ މުހިއްމެއް ނޫން...ލަންކާއިންވެސް އެކަން ބުނެދީފި.....!!!!

1 week ago