2 months ago
މުދަލު ޒަކާތުގެ ނިޞާބަށް ދިވެހި ރުފިޔާއިން ޖެހޭ މިންވަރަށް ބަދަލު އަތުވެއްޖެއެވެ.
10 އޮކްޓޫބަރ 2024 ވަނަ ދުވަހުން ފެށިގެން މުދަލު ޒަކާތުގެ ނިޞާބުގެ މިންވަރަކީ 9240.35 ދިވެހި ރުފިޔާއެވެ.
ނިޞާބަށް ބަދަލު ގެންނަނީ ދުނިޔޭގެ ބާޒާރުގައި ރަންރިހީގެ އަގަށް އަންނަ ބަދަލާ ގުޅިގެންނެވެ. އަދި މުދަލު ޒަކާތުގެ ނިޞާބުގެ މިންވަރު ކަނޑައެޅުމުގައި ފައިސާ ރިހިން އަގުކުރުމަކީ ރާއްޖެ ފަދަ ކުދި ޤައުތަކުގައި ފަޤީރުންނަށް އެންމެ ފައިދާ ބޮޑު ގޮތް ކަމުގައި ޢިލްމުވެރިން ވިދާޅުވެއެވެ.
މުދަލު ޒަކާތަކީ އިސްލާމްދީނުގެ ރުކުނަކަށްވާއިރު، އެމީހެއްގެ މިލްކިއްޔާތުގައި ނިޞާބުހަމަވާ މިންވަރަށް ފައިސާ ހުރެ، އެ ފައިސާ ހުންނަތާ ހިޖްރީ 1 އަހަރުވުމުން، ޝަރްޢީ ހަމަތަކާއި އެއްގޮތަށް އޭގެ ސާޅީސްބައި ކުޅަ އެއްބައި ނހވަތަ 2.5 އިންސައްތަ ނެރެން ޖެހެއެވެ.
މުދަލު ޒަކާތް ބަލައިގަންނާނީ މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) މެދުވެރިކޮންނެވެ.