ދުބާއީގެ އިސްލާމީ ޖަމިއްޔާއިން ރާއްޖެއަށް 10،000 ޤުރުއާން އިނގިރޭސި ތަރުޖަމާ ހަދިޔާ ކުރަނީ

1 week ago

އަފްރާހް

ދުބާއީގެ އިސްލާމީ ޖަމްޢިއްޔާއިން އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން 10،000 ޤުރުއާން އިނގިރޭސި ތަރުޖަމާ ހަދިޔާ ކުރަން ނިންމަވައިފިއެވެ.


މިކަން ހާމަކުރައްވާ އިސްލާމިކް މިނިސްޓަރ ޑރ. މުޙައްމަދު ޝަހީމް ޢަލި ސަޢިދު ވިދާޅުވީ ތަރުޖަމާތައް ބޭނުންވާ ފަރާތްތަކަށް ޖަމްޢިއްޔާތައް މެދުވެރިކޮށް ލިބޭނެ އިންތިޒާމް ހަމަޖައްސަވާނެ ކަމަށެވެ.


އިސްލާމިކް މިނިސްޓްރީން ބޭރުގެ އެކި ޖަމްޢިއްޔާތަކާއި އިދާރާތަކާއި ގާތް ގުޅުންތަކެއް ގާއިމްކޮށް، ތަފާތު އެކި ފުރުސަތުތައް ހޯދަމުން އަންނަކަން ފާހަގަކޮށްލެވެއެވެ. 


އެގޮތުން އިމާމުންގެ ތަމްރީން ޕްރޮގުރާމްތަކާއި، ޢަރަބި ބަސް އުނގެނޭނެ ފުރުސަތުތަކާއި، އުމްރާ ދަތުރުތައް ފަދަ ފުރުސަތުތައް އަންނަނީ ފަހިވަމުންނެވެ. 


ކިޔުންތެރިންގެ ހިޔާލު