ސްނޯކްލިންގ އަށް ދިޔަ ފަތުރުވެރިއަކު މަރުވެއްޖެ

1 week ago

އަފްރާހް

ސްނޯކްލިންގ އަށް ގޮސް އުޅުނު ފަތުރުވެރިއަކު މަރުވެއްޖެއެވެ.


ދިވެހި ފުލުހުންގެ ހިދުމަތުން ވިދާޅުވީ މަރުވެފައިވަނީ އއ. ރަސްދޫ ކައިރީ އޮންނަ ގަންގެހި ރިސޯޓު ބޭރުގައި ސްނޯކެލިންގ އަށް ގޮސް އުޅުނު ފަތުރުވެރިއެއް ކަމަށެވެ. އަދި އެއީ ޗައިނާގެ މީހެއް ކަމަށެވެ.


އެ ހާދިސާގެ މައުލޫމާތު ލިބުނީ އޮކްޓޯބަރ 13 ވީ އާދިއްތަ ދުވަހުގެ މެންދުރު 11:22 ގައި ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ.


ރަސްދޫ ހެލްތު ސެންޓަރާ ހަވާލާދީ ފުލުހުން ވިދާޅުވެފައިވަނީ ސިއްހީ މަރުކަޒަށް އެ މީހާ ގެންދިޔައިރު ވެސް މަރުވެފައިވާ ކަމަށެވެ.


މި މައްސަލަ ތަހުގީގު ކުރަމުން އަންނަކަމަށް ފުލުހުން ވިދާޅުވެއެވެ.


ކިޔުންތެރިންގެ ހިޔާލު