ފެލިވަރުގެ ކޯލްޑް ސްޓޯރޭޖް ކެޕޭސިޓީ ބޮޑުކުރުމުގެ މަސައްކަތް އަވަސްކުރުމަށް މަޝްވަރާކޮށްފި

6 days ago

އަފްރާހް

ފެލިވަރު މަސް ފެކްޓަރީގެ ކޯލްޑް ސްޓޯރޭޖް ކެޕޭސިޓީ ބޮޑުކުރުމުގެ މަސައްކަތް އަވަސް ކުރުމާ ގުޅޭގޮތުން ފިޝަރީޒް މިނިސްތްރީގައި މަޝްވަރާ ބައްދަލުވުމެއް ބާއްވައިފިއެވެ.


މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވީ އެ މިނިސްޓްރީގެ އިސްފަރާތްތަކާއި އިންޑިއަން ހައިކޮމިޝަންގެ ބޭފުޅުންނާއި އިންޑިއާ އެގްޒިމް ބޭންކުގެ ބޭފުޅުންނެވެ.


މި ބައްދަލުވުމުގެ މައިގަނޑު މަގްސަދަކީ ފެލިވަރުގައި އަޅާ މަސް ރައްކާކުރާ ފެސިލިޓީގެ މަސައްކަތް އަވަސްކޮށް، މަސްވެރިންނަށް ހިދުމަތް ދިނުން އަވަސް ކުރުމެވެ. މި މަޝްރޫއުގެ ސަބަބުން ރާއްޖޭގެ އުތުރުގައި މަސްވެރިކަން ކުރާ މަސްވެރިން ބާނާ މަސް ގަނެ ރައްކާކުރުމަށް ފަސޭހަވެގެން ދާނެއެވެ.


ފެލިވަރު މަސް ފެކްޓަރީގެ ކޯލްޑް ސްޓޯރޭޖް ކެޕޭސިޓީ ބޮޑުކުރުމަށް ހިންގާ މަޝްރޫއުގެ މަސައްކަތް މޮނިޓަރކޮށް، މަސައްކަތް އަވަސް ކުރުމަށް ކުރަންޖެހޭ ކަންތައްތައް ދެނެގަތުމަށް މިނިސްޓްރީއާއި އިންޑިއާގެ އެގްޒިމް ބޭންކުގެ ޓެކްނިކަލް ޓީމެއް މިއަހަރުގެ ޖުލައި 17 ވަނަ ދުވަހު ވަނީ ފެލިވަރަށް ވެސް ގޮސްފައެވެ. 


ކިޔުންތެރިންގެ ހިޔާލު