ޖެނީވާ ދަތުރުފުޅަށްފަހު މަޖިލިސް ރައީސް ރާއްޖެ ވަޑައިގެންފި

6 days ago

އަފްރާހް

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ސުވިޓްޒަލެންޑުގެ ޖެނިވާއަށް ކުރެއްވި ދަތުރުފުޅަށްފަހު ރާއްޖެ ވަޑައިގެންފިއެވެ.


އިންޓަ-ޕާލަމަންޓްރީ ޔޫނިއަން (އައިޕީޔޫ) ގެ 149 ވަނަ އެސެމްބްލީގައި ބައިވެރިވެވަޑައިގަތުމަށް އެމަނިކުފާނު ފުރާވަޑައިގަތީ މި އޮކްޓޯބަރ މަހުގެ 13 ގައެވެ.


މި ދަތުރުފުޅުގައި މާފަންނު މެދު ދާއިރާގެ މެންބަރު އަސްމާ ރަޝީދާއި، ހުޅުދޫ ދާއިރާގެ މެންބަރު މުޙައްމަދު ޝާހިދާއި، ވިލިމާލެ ދާއިރާގެ މެންބަރު މުޙައްމަދު އިސްމާޢީލާއި، ފުވައްމުލަކު މެދު ދާއިރާގެ މެންބަރު ޢަލީ ފަޒާދު އަދި ކަނޑިތީމު ދާއިރާގެ މެންބަރު އަމީން ފައިސަލް ބައިވެރިވެވަޑައިގެންނެވިއެވެ.


މަޖިލިސް ރައީސް އައިފީޔޫގެ އެސެމްބްލީގައި ބައިވެރިވެވަޑައިގަތީ އެޖަމިއްޔާގެ ރާއްޖޭގެ ގޮފީގެ ރައީސްގެ ހައިސިއްޔަތުންނެވެ. އައިޕީޔޫގެ ރާއްޖޭގެ ގޮފީގެ ރައީސާއި ނައިބު ރައީސަކީ ރައްޔިތުންގެ މަޖިލީހުގެ ރައީސާއި ނައިބު ރައީސަށް ހާއްސަ ދެ މަގާމެވެ.


އައިޕީޔޫގެ ރާއްޖޭގެ ގޮތްޕަށް އިތުރު މެންބަރުން އައްޔަން ކުރަނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ މެދުގައި ނަގާ ވޯޓަކުންނެވެ.


އައިޕީޔޫ ރާއްޖޭގެ ގޮފީގައި ހިމެނިވަޑައިގަންނަވާ މެމްބަރުންނަކީ ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސައިން އިމްރާން ލަޠީފް ޚަޒާންދާރު، ނިލަންދޫ ދާއިރާގެ މެންބަރު ފާޠިމަތު ސަޢުދާ، ހުރާ ދާއިރާގެ މެންބަރު ޑރ. އަނާރާ ނަޢީމް، މާފަންނު މެދު ދާއިރާގެ މެންބަރު އަސްމާ ރަޝީދު، ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ނާޒިލް އަދި މާފަންނު ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ރިފާޢު އެވެ.


ކިޔުންތެރިންގެ ހިޔާލު