ޑރ. ފައިރޫޝް ބަދަލުކުރެއްވީ ހޯމް މިނިސްޓްރީއަށް

6 days ago

އަފްރާހް

ހަޔަރ އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ މަގާމުގައި ހުންނެވި ޑރ. ޢަބްދުﷲ ފައިރޫޝް ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ މަގާމަށް ބަދަލުކުރައްވައިފިއެވެ.


'އެކްސް' ގައި ކުރެއްވި ޕޯސްޓެއްގައި ފައިރޫޝް ވަނީ ހަޔަރ އެޑިއުކޭޝަން މިނިސްޓަރު ޑރ. މަރްޔަމް މާރިޔާއާއި އެ މިނިސްޓްރީގެ ޓީމުން ދިން އެއްބާރުލުމަށް ޝުކުރު އަދާ ކުރައްވާފައެވެ.


ފައިރޫޝް ފުލުހުންގެ ވަރަށް އިސް މަގާމުތަކެއް ފުރުއްވާފައިވާއިރު، އެންމެފަހުން އޭނާ ހުންނެވީ އެސިސްޓެންޓް ކޮމިޝަނަރު އޮފް ޕޮލިސްގެ މަގާމުގައެވެ. ފުލުހުންގެ ހިދުމަތުން ފައިރޫޝް ރިޓަޔަރ ކުރެއްވީ ޖެނުއަރީ 2021 ގަ އެވެ.


އޭގެ ފަހުން މިދިޔަ ރިޔާސީ އިންތިހާބުގައި އެމްއެންޕީގެ ރައީސް ކާނަލް ރިޠެއަރޑް މުހައްމަދު ނާޒިމްގެ އަރިހުގައި ވެސް ސިޔާސީ މަސައްކަތްތަކެއް އޭނާ ވަނީ ކުރައްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު