ޔޫތް ވޮއިސެސް: ޝެއަރ ޔޯ ސަކްސެސްގެ ވަނަ ލިބުނު ފަރާތްތަކަށް އިނާމު ހަވާލުކޮށްފި

5 days ago

އަފްރާހް

މޯލްޑިވިސް: އެންހޭންސިސްންގ އެންޑް އެމްޕްލޮޔަބިލިޓީ އެންޑް ރެޒިލިއެންސް އޮފް ޔޫތް (މީރީ) ޕްރޮޖެކްޓުން "ޔޫތް ވޮއިސެސް: ޝެއަރ ޔޯ ސަކްސެސް"ގެ ނަމުގައި ކުރިއަށްގެންދިޔަ ކެމްޕެއިންގެ ދަށުން ވަނަ ހާސިލުކުރެއްވި ފަރާތްތަކަށް އިނާމު ހަވާލުކުރުމުގެ ހަފްލާ ބާއްވައިފިއެވެ.


އެކި ދާއިރާތަކުގައި މަސައްކަތްކުރަމުންދާ ޒުވާނުންނަށް ދިމާވެފައިވާ ގޮންޖެހުންތަކާއި ކާމިޔާބިތަށް ހިއްސާކޮށް، އެހެން ޒުވާނުންނަށް ހިއްވަރުދިނުމުގެ ގޮތުން ކުރިއަށްގެންދިޔަ ޔޫތް ވޮއިސެސް ކެންޕެއިންގައި، އެންމެ ގިނަ ލައިކް ލިބުނު 3 ފަރާތަކަށް މި ހަފްލާގައި ވަނީ އިނާމު ލިބިފައެވެ.


1 ވަނަ ހާޞިލުކުރެއްވި ފަރާތަށް ފޫޖީ ފިލްމް އިންޓެކްސް ކެމެރާއެއް


2 ވަނަ ހާޞިލުކުރެއްވި ފަރާތަށް އަންބަލާނގެ ޖުވެލަރީ ކޯހުގައި ހިލޭ ބައިވެރިވުމުގެ ފުރުސަތު


3 ވަނަ ހާޞިލުކުރެއްވި ފަރާތަށް ބޮޑީ ޓެކް ޖިމްގެ 1 މަހުގެ މެމްބަރޝިޕެއް އިނާމުގެ ގޮތުގައި ވަނީ ހަވާލުކޮށްފައެވެ.


ހަޔަރ އެޑިޔުކޭޝަން މިނިސްޓްރީގައި ބޭއްވި މި ހަފްލާގައި، އެވުޒާރާގެ ސްޓޭޓް މިނިސްޓަރ، އަޙްމަދު ޝަފީޢު، މޯލްޑިވިސް ނެޝަނަލް ސްކިލްސް ޑިވެލޮޕްމަންޓް އޮތޯރިޓީ (އެމްއެންއެސްޑީއޭ) ގެ ސީއީއޯ، ޑރ. ޒަހްރާ މުޙައްމަދުއާއި މީރީ ޕްރޮޖެކްޓްގެ އިސްބޭފުޅުންނާއި މިނިސްޓްރީގެ ބައެއް މުވައްޒަފުން ވެސް ވަނީ ބައިވެރިވެވަޑައިގަންނަވާފައެވެ.


ކިޔުންތެރިންގެ ހިޔާލު