އޭއައިގެ ފަންނިއްޔާތާ ގުޅޭ ފްރޭމްވަރކާއި މާސްޓަރ ޕްލޭނެއް އެކުލަވާލަނީ

5 days ago

އަފްރާހް

އާޓިފިޝަލް އިންޓެލިޖަންސް (އޭއައި) ގެ ފަންނިއްޔާތާ ގުޅޭ ފްރޭމްވަރކާއި މާސްޓަރ ޕްލޭނެއް އެކުލަވާލުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ނިންމަވައިފިއެވެ.


ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވިދާޅުވީ މިގޮތަށް ނިންމެވީ ވަޒީރުންގެ މަޖިލީހުގެ ލަފާފުޅާއެކުގައި ކަމަށެވެ. އަދި އެމަނިކުފާނު މިގޮތަށް ނިންމެވީ މި ހިނގާ އޮކްޓޫބަރު 15 ވީ އަންގާރަ ދުވަހު ބޭއްވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި މަޝްވަރާކުރެއްވުމަށް ފަހުގައި ކަމަށް ވެސް އެ އޮފީހުން ވިދާޅުވެއެވެ.


އެގޮތުން އޭއައިގެ ފަންނިއްޔާތު މެދުވެރިކޮށް އިގްތިސާދީ ފައިދާ އެންމެ ފުރިހަމަ ގޮތުގައި ރާއްޖެއަށް ހޯދޭނެ ގޮތްތަކާއި އެކަމުގެ ސަބަބުން ދިމާވެދާނެ ނުރައްކާތެރި ހާލަތްތަކުން ސަލާމަތްވާނެ ގޮތްތަކާއި އެ ޓެކްނޯލޮޖީގެ ބޭނުން ހިފުމުގައި ރާއްޖޭގައި ޢަމަލުކުރާނެ ގާނޫނީ ފްރޭމްވަރކެއް ހިމެނޭ ގޮތަށް އަދި މިފަދަ ކަންކަމުގައި ސަރަހައްދީ ގައުމުތަކުން ޢަމަލުކުރަމުންދާ ގޮތްތައް ވެސް ބައްލަވައި މާސްޓަރޕްލޭނެއް އެކުލަވައިލެއްވުމަށް ނިންމަވާފައިވާކަމަށް ވިދާޅުވިއެވެ.


ވަޒީރުންގެ މަޖިލީހުގެ ބައްދަލުކުރެއްވުމުގައި ރައީސް ވަނީ އާޓިފިޝަލް އިންޓެލިޖަންސްގެ ފަންނިއްޔާތާ ގުޅޭ މާސްޓަރޕްލޭނެއް އެކުލަވައިލެއްވުމަށްފަހު، މިކަމާ ގުޅޭ ކަރުދާސްތައް މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީއާއި މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑުން ވަޒީރުންގެ މަޖިލީހަށް ހުށަހެޅުއްވުމަށް ކަނޑައަޅުއްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު