2 months ago
ނިމިދިޔަ އެމްޑީޕީ ސަރުކާރުން ރައްޔިތުންނަށް ދޫކޮށްފައިވާ ގޯއްޗާއި ފްލެޓު ދިނުން ލަސްވާތީ، އެ ޕާޓީން އިހްތިޖާޖު ކޮށްފިއެވެ.
މިއީ އެމްޑީޕީ ސަރުކާރުން ހިންގި ބިންވެރިޔާ ސްކީމުގެ ދަށުން ދޫކުރި ގޯއްޗާއި ގެދޮރުވެރިޔާ ސްކީމުގެ ދަށުން ހުޅުމާލޭގައި ހުރި ޓަވަރުތަކުން ދޫކުރި ފްލެޓުތައް ހަވާލުކުރުން ލަސްވާތީ ކުރި އިހްތިޖާޖެކެވެ. ރައްޔިތުންގެ މަޖިލިސް އިދާރާ ކައިރާގައި ކުރި މި އިހްތިޖާޖުގައި ރައްޔިތުންގެ މަޖިލީހުގައި އެ ޕާޓީ ތަމްސީލުކުރައްވާ މެމްބަރުން ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހުމަދު ނަސީމް ވިދާޅުވީ އޮކްޓޯބަރު މަހުގެ ނިޔަލަށް ލިސްޓް އިއުލާނު ކުރައްވާނެކަމަށް ހައުސިންގ މިނިސްޓަރު ވިދާޅުވެފައިވާއިރު، ލިސްޓު ރީ-އިވެލުއޭޓް ކުރުމުގެ މަސައްކަތް ކުރުމުގެ ގޮތުން އެއްވެސް ގެއެއްގެ ބަލާފައިވާކަން އަދި އެނގިނުލައްވާ ކަމަށެވެ.
ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އާ ހަވާލުކޮށްގެން ހުޅުމާލޭގައި އަންނަނީ 4000 ފްލެޓް ތަރައްގީ ކުރަމުންނެވެ. އެ ފްލެޓަށް ޝަރުތު ހަމަވާ މީހުންގެ ލިސްޓުގައި މައްސަލައެއް އުޅޭ ކަމަށް ބުނެ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ވަނީ ޖިނާއީ ތަހުގީގެއް ކޮށްފައެވެ.
އެހެންނަމަވެސް އެކަންކަން ނިންމުމަށްފަހު އޮކްޓޯބަރު ފްލެޓުތައް ދެވޭނެ ކަމަށް ހައުސިންg މިނިސްޓްރީން ވަނީ މިފަހުން ހާމަކުރައްވާފައެވެ.
ބިންވެރިޔާ ސްކީމްގެ ފުރަތަމަ ފިޔަވަހީގެ ދަށުން 18،955 މީހުން ގޯއްޗަށް ޝަރުތު ހަމަވާއިރު، ޖުމުލަ 9،003 ގޯތި ދޫކުރަން ނިންމާފައިވެއެވެ.
ބިންވެރިޔާ ސްކީމުން ދޫކުރި ގޯތިތައް ހުންނަނީ ހުޅުމާލޭ އާއި ގުޅީފަޅާއި ގިރާވަރު ފަޅުންނެވެ.