ދުންފަތުން މުޖުތަމައު ދުރުހެލި ކުރުމަށް ރައީސްގެ އިތުރު ނިންމެވުމެއް

1 day ago

އަފްރާހް

ދިވެހި މުޖުތަމައު ދުންފަތުގެ ވަބާއިން ދުރުކުރުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުގެ ތެރެއިން އިތުރު ނިންމެވުމެއް ނިންމަވައިފިއެވެ.


މީސްމީޑިއާގެ މަންސައެއް ކަމުގައިވާ 'އެކްސް' ކުރައްވާފައިވާ ޕޯސްޓެެއްގައި އެމަނިކުފާނު ވިދާޅުވީ ދުންފަތާއި ދުންފަތުން އުފައްދާފައިވާ ތަކެތީގެ ވިޔަފާރީގެ މުއާމަލާތްކުރެވޭނެ އެންމެ ހަގު އުމުރަކީ 18 އަހަރުގެ ބަދަލުގައި 21 އަހަރުކަމަށް ކަނޑައެޅުއްވުމަށް ނިންމަވާފައިވާ ކަމަށެވެ.


މިއީ ވޭޕްކުރުމަށް ބޭނުންކުރާ އާލާތްތައް ރާއްޖެއަށް އެތެރެކޮށް، ބޭނުންކުރުން މަނާކުރުމުގެ އިތުރުން، ޒުވާނުން ދުންފަތުގެ ގޯސް އާދައިން ދުރުކުރުމަށްޓަކާ އަޅުއްވާ ފިޔަވަޅެއް ކަމުގައި ވެސް ވަނީ ވިދާޅުވެފައެވެ.


ރައީސް ވިދާޅުވީ ދުންފަތާއި ދުންފަތުން އުފައްދާފައިވާ ތަކެތީގެ ވިޔަފާރީގެ މުއާމަލާތްކުރެވޭނެ އެންމެ ހަގު އުމުރަކީ 21 އަހަރުކަމަށް ކަނޑައެޅުމަށް ދުންފަތް ކޮންޓްރޯލްކުރުމާބެހޭ ގާނޫނަށް ގެންނަން ޖެހޭ އިސްލާހުތައް އޮކްޓޯބަރ 22 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވުމަށް ނިންމަވާފައިވާ ކަމަށެވެ.


މީގެއިތުރުން ދުންފަތް ކޮންޓްރޯލްކުރުމާބެހޭ ގާނޫނާ ހިލާފުވާ ފަރާތްތަކާ ދެކޮޅަށް އަޅާ ފިޔަވަޅުތައް ހަރުކަށިކުރުމަށް ވެސް ގާނޫނަށް އިސްލާހު ގެނެވޭނެކަމަށް އެމަނިކުފާނު ވިދާޅުވެފައި ވެއެވެ.


 



ކިޔުންތެރިންގެ ހިޔާލު