އައްޑޫ ސިޓީގެ 3 ސަރަހައްދެއްގައި ތިިން އެކްސިޑެންޓް، 7 މީހަކަށް އަނިޔާވި

1 day ago

އަފްރާހް

އައްޑޫ ސިޓީގެ 3 ސަރަހައްދެއްގައި ތިިން އެކްސިޑެންޓް ހިނގައިފިއެވެ.


ދިވެހި ފުލުހުންގެ ހިދުމަތުން ވިދާޅުވީ މި އެކްސިޑެންޓުތައް ހިނގާފައިވަނީ އެސިޓީ ހިތަދޫގެ ތިން ސަރަހައްދެއްގައި ކަމަށެވެ.


މިއިން ކޮންމެ އެކްސިޑެންޓެއް ވެސް ހިނގާފައިވަނީ ދެ ސައިކަލު ޖެހިގެން ކަމަށް ރިޕޯޓުކޮށްފައިވާއިރު، ފުލުހުން ސީނަށް ދިޔައިރު، ސީންތައް ރޫޅާލާފައިވާކަމަށް ވިދާޅުވިއެވެ.


މި އެކްސިޑެންޓްތަކުގައި ހަތް މީހަކަށް އަނިޔާވެގެން އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލަށް ގެންގޮސް ފަރުވާދެމުން އަންނަކަމަށާއި އޭގެތެރޭގައި ހިމެނެނީ ހަ ފިރިހެނަކާއި އަންހެނެއް ކަަމަށް ވެސް ވިދާޅުވިއެވެ.


އެހެންނަަމަވެސް އެއްވެސް މީހަކަށް ސީރިއަސް އަނިޔާއެއް ނުވާކަމަށް ހޮސްޕިޓަލާ ހަވާލާދީ ފުލުހުން ވަނީ ވިދާޅުވެފައެވެ.


ކިޔުންތެރިންގެ ހިޔާލު