ޒަމާނުގެ އައު ފިޔަވަޅުތަކުގެ މަތީގައި ދިވެހި ޒުވާނުން ދަތުރުކުރަންޖެހޭ: ރައީސް

1 day ago

އަފްރާހް

ޒަމާނުގެ އައު ފިޔަވަޅުތަކުގެ މަތީގައި ހަލުވިކަމާއެކު ދިވެހި ޒުވާނުން ދަތުރުކުރަންޖެހޭ ކަމުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.


އެމަނިކުފާނު މިފަދައިން ވިދާޅުވީ ދިވެހި ޒުވާނުންގެ ދުވަހުގެ ތަހުނިޔާ ފޮނުއްވަވާ ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައެވެ.


'އެކްސް' ގައި ކުރެއްވި ޕޯސްޓުގައި ރައީސް ވަނީ ޒުވާނުންނަކީ ގައުމާ މުޖުތަމައާއި އާއިލާއަށް ވަފާތެރި ދުޅަހެޔޮ ބަޔަކަށްވުމަށް އެދިވަޑައިގެންފައެވެ. އަދި ޚުލްގުހެޔޮ، ދީންވެރި ބައެއްގެ ގޮތުގައިވުމަށް ވެސް އެދިވަޑައިގަންނަވާފައެވެ.


ދިވެހި ޒުވާނުންގެ ދުވަހުގެ ގޮތުގައި ފާހަގަކުރަނީ ކޮންމެ އަހަރެއްގެ ވެސް އޮކްޓޯބަރު މަހުގެ 22 ވަނަ ދުވަހެވެ. މިއީ ގައުމުގެ ތަރައްގީގައި ޒުވާނުންގެ ދައުރު ފާހަގަކޮށް، ޒުވާނުންނަށް ހިތްވަރުދިނުމުގެ ގޮތުން ފާހަގަަކުރާ ދުވަހެކެވެ.


މީގެއިތުރުން ގައުމުގެ ކުރިއެރުމުގައި މި ޖީލުގެ ޒުވާނުންގެ އެއްބާރުލުމާއި އެހީތެރިކަމުގެ މުހިންމުކަން ފާހަގަކުރުމާއި ގައުމު ބިނާކުރުމަށް ޒުވާނުންގެ ބައިވެރިވުން އިތުރުކުރުމަށް ހިތްވަރުދިނުމަކީ ވެސް މިދުވަސް ފާހަގަކުރާ ބޭނުމެކެވެ.


ކިޔުންތެރިންގެ ހިޔާލު