ޕޮލިޓެކްނިކްގެ ދަރިވަރުން ހޮންޑާ ސަރވިސް ސެންޓަރަށް

3 hours ago

އަފްރާހް

މޯލްޑިވިސް ޕޮލިޓެކްނިކްގެ އޮޓޯމޯޓިވް އިންޖީނިއަރިންގ ކިޔަވަމުންދާ ދަރިވަރުން ހޮންޑާ ސަރވިސް ސެންޓަރަށް ޒިޔާރަތްކޮއްފިއެވެ.


މިއީ އޮޓޯމޯޓިވް އިންޖީނިއަރިންގ އާ ގުޅޭގޮތުން ދަރިވަރުންނާއި މައުލޫމާތު ހިއްސާކޮއްލުމަށް ކުރެވުނު ޒިޔާރާތެކެވެ.


މި ޒިޔާރަތުގައި ހޮންޑާ މޯލްޑިވިސްގެ ސަރވިސް ސެންޓަރުގައި ކުރިއަށްދާ މަސައްކަތްތަކާއި ގުޅޭގޮތުން މަޢުލުމާތު ހިއްސާކުރުމުގެ އިތުރުން ބައެއް މަސައްކަތްތަށް ކުރާގޮތް ވަނީ ދަރިވަރުންނަށް ދައްކާލައިފައެވެ.


މިއީ މި ދާއިރާގައި މަސައްކަތްކުރަމުން އަންނަ ތަޖުރިބާކާރު މުވައްޒަފުންގެ އެއްބާރުލުމާއެކު، ތަޢުލީމު ހާޞިލުކުރުމުގެ އިތުރުން ދަރިވަރުންނަށް ޢަމަލީގޮތުން މަސައްކަތްކުރާގެ ގޮތް ދަސްކޮއްދިނުމަށް ލިބިގެންދިޔަ ރަނުގެ ފުރުސަތެކެވެ.


އެކި ދާއިރާތަކުން ރާއްޖެއަށް ބޭނުންވާ ހުނަރުވެރި، މަސައްކަތްތެރިން ބިނާ ކުރުމަކީ މި ސަރުކާރުގެ އަމާޒެކެވެ. އެހެންކަމުން އެ އަމާޒަށް ވާސިލް ވުމަށްޓަކައި މޯލްޑިވިސް ޕޮލިޓެކްނިކް އިން އަންނަނީ ތަފާތު ދާއިރާތަކުން ކޯސްތަކާއި ތަމްރީނު ޕްރޮގްރާމްތަށް ހިންގަމުންނެވެ. 


ކިޔުންތެރިންގެ ހިޔާލު