ރައީސް ޑރ. މުއިއްޒު، ތުރުކީގެ ރައީސް އަށް ތައުޒިޔާ ވިދާޅުވެއްޖެ

2 hours ago

އަފްރާހް

ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ތުރުކީވިލާތުގެ ރައީސް ރަޖަބް ޠައްޔިބު އުރްދުޣާނަށް ތައުޒިޔާ ވިދާޅުވެއްޖެއެވެ.


އެމަނިކުފާނު ތައުޒިޔާ ވިދާޅުވެފައި މިވަނީ ތުރުކީވިލާތުގެ ވެރިރަށް އަންކާރާގެ ކައިރީގައި ހުންނަ ޓަރކިޝް އޭރޯސްޕޭސް އިންޑަސްޓްރީޒްގެ މައި މަރުކަޒަށް އަމާޒުކޮށް ދިން ހަމަލާއާ ގުޅިގެންނެވެ.


ތުރުކީވިލާތުގެ ރައީސް ރަޖަބް ޠައްޔިބު އުރްދުޣާނަށް ފޮނުއްވި މެސެޖެއްގައި ރައީސް ވަނީ، އެ ހަމަލާގެ ޚަބަރު އެއްސެވީ ފުން ހިތާމައާއެކުގައިކަމަށް ވިދާޅުވެފައެވެ. އަދި ދިވެހި ސަރުކާރާއި ދިވެހި ރައްޔިތުންގެ ނަމުގައި އެ ހަމަލާ ކުށްވެރިކުރައްވާފައެވެ.


މީގެއިތުރުން ހަމަލާގައި އަނިޔާވި މީހުންނަށް އަވަސް ޝިފާއެއް ދެއްވުން އެދި ދުޢާކުރައްވާފައި ވެސް ވެއެވެ.


ރައީސްގެ މި މެސެޖު ނިންމަވާލައްވާފައިވަނީ، ދިވެހި ރައްޔިތުން ތިބީ ތުރުކީވިލާތުގެ އަޚުންނާއި އުޚުތުންނާ އެކުގައި ކަމުގެ ޔަގީންކަން ދެއްވަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު