ގުޅީފަޅުން ގޯތި ލިބުނު މީހުން އަލުން ގުރުއަަތަށް

3 hours ago

އަފްރާހް

ނިމިދިޔަ އެމްޑީޕީ ސަރުކާރުން ހިންގި ބިންވެރިޔާ ސްކީމުގެ ދަށުން ގުޅީފަޅުން ގޯތި ލިބުނު މީހުންގެ މެދުގައި އަލުން ގުރުއަތު ނެގުމަށް ހައުސިންގ މިނިސްޓްރީން ނިންމައިފިއެވެ.


އެ މިނިސްޓްރީން ވިދާޅުވީ މިގޮތަށް ނިންމީ އަލަށް ފާސްކުރި ލޭންޑް ޔޫސް ޕްލޭންގެ ސަބަބުން ގޯތި ލިބުނު މީހުންގެ ލޮޓްތަކަށް ބަދަލު އަންނާނެތީ ކަމަށެވެ.


ގޯތި ލިބުނު މީހުންގެ މެދުގައި އަލުން ގުރުއަތުލުމަށް ބޭނުންވާ އައިޓީ ސާމާނު ސަޕްލައި ކޮށްދޭނެ ފަރާތެއް ހޯދުމަށް އެ މިނިސްޓްރީން އިއުލާންކޮށްފައިވާއިރު، މިކަމާއިގުޅިގެން މައުލޫމާތު ސާފުކުރުން މިއަދު މެންދުރުފަހު 2 ޖަހާއިރު އެ މިނިސްޓްރީގައި އޮންނާނެއެވެ.


ސަރުކާރުގެ ގެޒެޓްގައި އިއުލާންކޮށްފައި ވަނީ، އައި7 ގެ ލެޕްޓޮޕަކާއި 24 އިންޗީގެ މޮނިޓަރަކާއި 55 އިންޗީގެ ހަތަރު ޓީވީ ހޯދުމަށެވެ.


ގިރާވަރުފަޅާއި ގުޅީފަޅުގެ އައު ލޭންޑް ޔޫސް ޕްލޭން ފާސްކޮށް ގެޒެޓު ކޮށްފައިވަނީ މި އޮކްޓޯބަރ މަހުގެ 16 ވަނަ ދުވަހު އެވެ.


ކިޔުންތެރިންގެ ހިޔާލު

ސީދިބެ

އެ އުޅެނީ އޭއްޗެކޭ މީއްޗެކޭ ކިޔާފަ، އެކަން ހުއްޓަލަން. އަހަރުންނަަށް އިނގޭ މުއިއްޒު ގުޅީފަޅުން ގޯތި ނުދޭނެކަން. މިނިސްޓަރުގކަމުގަ ހުރިއިރު ވެސް އެހެން ބުނެފައޮތީ. ދެން ރައީސްކަމަށް އައިސް ބާރު ލިބުނީމަ ދޭނެތަ

3 hours ago