ނުޖޫމް ޕްރީ ސްކޫލުގެ ދަރިވަރުން، މާލޭ ފަޔަރ ސްޓޭޝަނަން ޒިޔާރަތްކޮށްފި

3 hours ago

އަފްރާހް

ނުޖޫމް ޕްރީ ސްކޫލުގެ ދަރިވަރުން، އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްގެ މާލޭ ފަޔަރ ސްޓޭޝަނަން ޒިޔާރަތްކޮށްފިއެވެ.


ނުޖޫމް ޕްރީ ސްކޫލުގެ ދަރިވަރުންކުރި ޒިޔާރަތުގައި އެ ސްކޫލުގެ 70 ދަރިވަރުން ބައިވެރިވިއެވެ.


މި ޒިޔާރަތުގައި ދަރިވަރުންނަށް ވަނީ ފަޔަރފައިޓަރުންގެ ދުވަހުގެ މަސައްކަތްތަކާއި އެ މަސައްކަތްތައް ރާވާލެވިފައިވާ ގޮތުގެ މަޢުލޫމާތު ދީފައެއެވެ. 


މީގެއިތުރުން އަލިފާނުގެ ހާދިސާތަކުން ރައްކާތެރިވުމާ ގުޅޭގޮތުން މައުލޫމާތުދީ އަލިފާން ނިއްވުމުގައި ބޭނުންކުރާ ވަޞީލަތްތަކާއި އުޅަނދުތަކުގެ މައުލޫމާތާއި އެ ތަކެތި ބޭނުންކުރާ ގޮތްތައް ވަނީ ދައްކާލާފައެވެ.


އެމްއެންޑިއެފް އިން ގެންދަވަނީ ސްކޫލުތަކުގެ ދަރިވަރުންނާއި އެކި މުވައްސަސާތަކުގެ މުވައްޒަފުންނަށް އަލިފާން ނިއްވުމުގެ ނިޒާމާއިގުޅޭ ތަފާތު އެކި ތަމްރީނުދެއްވައި، މައުލޫމާތު ހިއްސާކުރައްވަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު