އިމިގްރޭޝަންގެ ހާއްސަ އޮޕަރޭޝަނެއް ކ. ގުރައިދޫގަ

3 hours ago

އަފްރާހް

އިމިގްރޭޝަނާއި ފުލުހުން އަދި ކަމާގުޅުން ހުރި އެހެނިހެން އިދާރާތައް ގުޅިގެން ކ.ގުރައިދޫގައި ޚާއްސަ އޮޕަރޭޝަނެއް ފަށައިފިއެވެ.


މި އޮޕަރޭޝަނާ ގުޅޭގޮތުން އިމިގްރޭޝަނުން ވިދާޅުވީ ރަށްރަށުގައި ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންނާއި ގުޅޭ ރިޕޯޓުތަކަށް ބަލައި، އިމިގްރޭޝަނާއި ފުލުހުން އަދި ކަމާގުޅުންހުރި އެހެނިހެން އިދާރާތައް ގުޅިގެން ގުރައިދޫގައި ޚާއްސަ އޮޕަރޭޝަނެއް ފަށައިގެން ކުރިއަށްދާ ކަމަށެވެ.


ޤަވާއިދާ ޚިލާފަށް ރާއްޖޭގައި ވިޔަފާރިކުރަމުންދާ ބިދޭސީން ހޯދައި ފިޔަވަޅު އެޅުމުގެ ބޮޑު އޮޕަރޭޝަނެއް އިމިގްރޭޝަނުން މިހާރު ފަށާފަވާއިރު މިއޮޕަރޭޝަނާއި ގުޅޭގޮތުން ކޮންޓްރޯލަރ އޮފް އިމިގްރޭޝަން ވިދާޅުވީ އިމިގްރޭޝަންގެ އެންމެ ބޮޑު ސަމާލުކަމެއް މިވަގުތު ހުރީ ގަވާއިދާ ޚިލާފަށް ޙަރަކާތްތެރިވާ ބިދޭސީން ހިންގާ ވިޔަފާރިތައް ދެނެގަނެ ޤާނޫނީ ހަމަތަކުގެ މަތިން ފިޔަވަޅުއެޅުން ކަމަށެވެ.


ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން ވިދާޅުވީ ރާއްޖޭގައި ބޮޑުވެފައިވާ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ކުރާ މަސައްކަތުގެ ދަށުން ޤަވައިދާ ހިލާފައް އުޅޭ ބިދޭސީންގެ ތެރެއިން 5000 މީހުން ފޮނުވާލަން މި އަހަރު ވަނީ އަމާޒު ހިފާފައިކަމަށެވެ. އަދި އޭގެތެރެއިން މިހާތަނައް ޤަވައިދާ ޚިލާފަށް އުޅޭ 4361 ބިދޭސީއެއް އަނބުރާ ޤައުމަށް ފޮނުވާލާފައިވާކަމަށް ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން ވިދާޅުވިއެވެ.


ޤަވާއިދާ ޚިލާފަށް އުޅުމުގެ ސަބަބުން އިމިގްރޭޝަންގެ ބެލުމުގެ ދަށައް ގެންދިޔަ ފަރާތްތަކާއި އަމިއްލައަށް ފުރަން ބޭނުން ވެގެން އެކަމަށް އެދިގެން ފުރުވާލި ފަރާތްތަކުގެ އިތުރުން އިމިޤްރޭޝަނުން ނޯޓިސްދިނުމަށްފަހު ފުރުވާލެވުނު ފަރާތްތައް ހިމެނެއެވެ.


ކިޔުންތެރިންގެ ހިޔާލު