ސްޓްރާޓާ މެނޭޖްމަންޓާއި ކޮމިއުނިޓީ މެނޭޖްމަންޓުގެ ތަމްރީންތައް ފަށަން ނިންމައިފި

3 hours ago

އަފްރާހް

ސްޓްރާޓާ މެނޭޖްމަންޓާއި ކޮމިއުނިޓީ މެނޭޖްމަންޓުގެ ތަމްރީންތައް ފަށަން ނިންމައި، ފަހުމުނާމައިގާ ސޮއި ކޮށްފިއެވެ.


މިއީ މޯލްޑިވިސް ނޭޝަނަލް ސްކިލްސް ޑިވެލޮޕްމަންޓް އޮތޯރިޓީ (އެމް.އެން.އެސް.ޑީ.އޭ) އާއި ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓީ (އެމް.އެން.ޔޫ) އާ ދެމެދު އެކުލަވައިލި ފަހުމުނާމާއެކެވެ.


މި ފަހުމުނާމައިގާ އެމްއެންޔޫގެ ފަރާތުން ސޮއިކުރެއްވީ އެ ޔުނިވަރސިޓީގެ ވައިސް ޗާންސެސަލރ ޑރ. އައިޝަތު ޝެހެނާޒް އާދަމެވެ. އެމް.އެން.އެސް.ޑީ.އޭ ގެ ފަރާތުން ސޮއި ކުރެއްވީ އެ އިދާރާގެ ސީއީއޯ ޑރ. ޒަހްރާ މުޙައްމަދުއެވެ.


މި އެއްބަސްވުމަކީ ސްޓްރާޓާ މެނޭޖްމަންޓް ނުވަތަ އިމާރާތާއި ގެދޮރާއި ގުޅޭ ކަންކަން ބެލެހެއްޓުމާއި ބެހޭ ދާއިރާއިން ކޯސްތައް ފަރުމާކޮށް، ގިނަ އަދަދެއްގެ ޒުވާނުން ތަމްރީނުކުރުމަށް އަމާޒުކޮށް ސޮއިކުރި އެއްބަސްވުމެކެވެ.


ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވަޢުދުވެވަޑައިގެންފައިވާ ގޮތުގެ މަތީން ކުރެމުންދާ، ސްޓްރާޓާ މެނޭޖްމަންޓްގެ ދާއިރާއިން މީހުން ބިނާކުރުމުގެ މަސައްކަތް، އެމް.އެން.ޔޫ.ގައި ސޮއިކުރި މި އެއްބަސްވުމުގެ ދަށުން އިތުރަށް ކުރިއެރުވުމުގެ މަސައްކަތް ހަރުދަނާވެގެންދާނެއެވެ.


ހަޔަރ އެޑިއުކޭޝަން މިނިސްޓްރީގެ ދަށުން މަސައްކަތްކުރަމުން އަންނަ އެމް.އެން.އެސް.ޑީ.އޭ އާއި މިނިސްޓްރީން ވަރލްޑް ބޭންކާއި ދައުލަތުގެ ހަރަދުގައި ހިންގާ މީރީ ޕްރޮޖެކްޓަކީ ރާއްޖެއަށް ބޭނުންވާ ދާއިރާތަކުން ހުނަރުވެރި ޒުވާނުން ބިނާކުރުމަށް، އެކި އިންސްޓިޓިއުޓްތަކާއި ގުޅިގެން މަސައްކަތްކުރަމުން އަންނަ އިދާރާތަކެކެވެ.


ކިޔުންތެރިންގެ ހިޔާލު