އިމަރޖެންސީ މެޑިސިން ދުވަހުގެ ހަފުލާގެ ޝަރަފްވެރި މެހްމާނަކަށް ނައިބު ރައީސް

6 months ago

އަފްރާހް

އިމަރޖެންސީ މެޑިސިން ޑޭ 2024" ގެ މުނާސަބަތުގައި ބޭއްވި ޙަފުލާ ނައިބު ރައީސް އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް ޝަރަފުވެރިކޮށްދެއްވައިފިއެވެ.


މޭ 27 ވަނަ ދުވަހު ހެނދުނު ދަރުމަވަންތަ ހޮސްޕިޓަލްގައި ބޭއްވި މި ރަސްމިއްޔާތުގައި ރާއްޖޭގައި "އިމަރޖެންސީ މެޑިސިން" ކުރިއެރުވުމާ ގުޅޭ ގޮތުން ތައްޔާރުކޮށްފައިވާ ވިޑިއޯ ޕްރެޒެންޓޭޝަނެއް ވަނީ ދައްކާފައެވެ.


މީގެއިތުރުން ކާޑިއޯޕަލްމޮނަރީ ރިސަސިޓޭޝަން (ސީ.ޕީ.އާރު) ފަރުވާދިނުން ދައްކާލުމާއި، ސީ.ޕީ.އާރު ފަރިތަކުރުމަށް 30 މިނިޓުގެ ހަރަކާތެއް ވެސް ކުރިއަށް ގެންދިޔައެވެ. އަދި ސީ.ޕީ.އާރު ޓްރެއިނިންގ ފުރިހަމަކުރެއްވި ފަރާތްތަކަށް ސެޓްފިކެޓް ހަވާލުކޮށްދެއްވާފައިވަނީ ނައިބު ރައީސްއެވެ.


އިމަރޖެންސީ މެޑިސިން ފުރަތަމަ އުފެދިފައިވަނީ 1970 ވަނަ އަހަރުގެ މެއި މަހުގެ 27 ވަނަ ދުވަހު ޔޫރަޕްގައެވެ. މި އަހަރުގެ އިމަރޖެންސީ މެޑިސިން ޑޭ ގެ ޝިއާރަކީ "ކްލައިމެޓް ޗޭންޖް އިޒް އަ ހެލްތް އިމަރޖަންސީ ޓޫ" އެވެ.


ކިޔުންތެރިންގެ ހިޔާލު