އެމްޑީޕީގެ ޕީޖީ ލީޑަރަކަށް ނާޒިލް، ޑިޕިއުޓީ އަކީ ޒިޔާދު

4 months ago

އަފްރާހް

އެމްޑީޕީގެ ޕާޅިމެންޓަރީ ގްރޫޕު (ޕީޖީ) ގެ މަގާމުތަކަށް މެމްބަރުން އިންތިހާބުކޮށް، އެ ފަރާތްތަކުގެ ނަންތައް އިއުލާން ކޮށްފިއެވެ.


އެ ޕާޓީން ބުނީ ޕީޖީ ލީޑަރު ކަމަށް އައްޔަން ކޮށްފައިވަނީ ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ނާޒިލް ކަމަށެވެ. އަދި ޑެޕިއުޓީ ޕީޖީ ލީޑަރަކީ ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދުއާއި މަރަދޫ ދާއިރާގެ މެންބަރު އަހުމަދު ދީދީ ކަމަށެވެ.


މީގެއިތުރުން ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް، ޑެޕިއުޓީ ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް މާވަށު ދާއިރާގެ މެންބަރު އަހުމަދު ޝާކިރު ވަނީ އިންތިހާބުކޮށްފައެވެ. އަދި ޗީފް ވިޕްއަކަށް ތޮއްޑޫ ދާއިރާގެ މެންބަރު ހުސައިން ސަމީރު އިންތިހާބުކުރިއިރު، ވިޕުންގެ ގޮތުގައި އިންތިހާބުކޮށްފައިވަނީ ކަނޑިތީމު ދާއިރާގެ މެންބަރު އަމީން ފައިސަލް އާއި ކެޔޮދޫ ދާއިރާގެ މެންބަރު މުހައްމަދު ނިއުޝާދު އެވެ.


މިއަހަރުގެ އޭޕްރީލް 21 ވަނަ ދުވަހު ބޭއްވި 20 ވަނަ މަޖިލިސް އިންތިހާބުގައި އެމްޑީޕީއަށް ކާމިޔާބު ކުރެވިފައި ވަނީ 12 ގޮނޑިއެވެ. އައު ރައްޔިތުންގެ މަޖިލީހުގައި 93 މެންބަރުން ހިމެނިވަޑައިގަންނަވާ އިރު، މިއީ ތާރީހުގައި ވެސް މަޖިލީހުގައި އެންމެ ގިނަ މެންބަރުން ތިއްބާވާނެ ދައުރެވެ.


މި ދައުރުގެ މަޖިލީހަށް އިންތިހާބުވެފައިވާ މެމްބަރުން ހުވާ ކުރުން އޮންނާނީ މޭ 28 ވަނަ ދުވަހުގެ ހެނދުނު 9 ޖަހާއިރުއެވެ.


ކިޔުންތެރިންގެ ހިޔާލު