ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ 76 ވަނަ ވަރލްޑް ހެލްތު އެސެމްބްލީ ފެށިއްޖެ

4 months ago

އަފްރާހް

ދުނިޔޭގެ ޞިއްޙަތު ޖަމިއްޔާއިން އިންތިޒާމުކޮށްގެން ބާއްވާ ވޯލްޑް ހެލްތު އެސެމްބްލީގެ 77 ވަނަ ސެޝަން ސްވިޒަލޭންޑްގެ ޖެނީވާގައި ފަށައިފިއެވެ.


މިބައްދަލުވުމުގައި މިނިސްޓަރ އޮފްހެލްތު ޑޮކްޓަރ ޢަބްދުﷲ ޚަލީލް އަދި މިނިސްޓްރީގެ އިސް ބޭފުޅުން ބައިވެރިވެ ވަޑައިގަންނަވައެވެ. މެއި މަހުގެ 27 ވަނަ ދުވަހުން ފެށިގެން ޖޫން މަހުގެ އެއްވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ މި ބައްދަލުވުމުގައި ޑަބްލިއުއެޗްއޯގެ މެމްބަރު 194 ޤައުމެއްގެ މަންދޫބުން ބައިވެރިވެވަޑައިގަންނަވައެވެ.


މިއަހަރުގެ ވޯލްޑް ހެލްތު އެސެމްބްލީގައި ބައިވެރިވާ ރާއްޖޭގެ ވަފުދުގައި އިސްކޮށް ހުންނެވީ މިނިސްޓަރ ޑޮކްޓަރ ޢަބްދުالله ޚަލީލްއެވެ. މީގެއިތުރުން ޖެނީވާގައި ހުންނަ އދ.ގެ އޮފީހަށް ކަނޑައަޅުއްވާފައި ހުންނަވާ ދާއިމީ މަންދޫބު ޑރ.ސަލްމާ ރަޝީދާއި، ޖެނީވާގައި ހުންނަ އދ.ގެ އޮފީހަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ދާއިމީ މިޝަންގެ އިސްބޭފުޅުނާއި މިނިސްޓްރީ އޮފް ހެލްތްގެ އިސްބޭފުޅުން ބައިވެރިވެ ވަޑައިގަންނަވައެވެ.


ވޯލްޑް ހެލްތު އެސެމްބްލީގައި ދިވެހިރާއްޖޭގެ ފަރާތުން މިނިސްޓަރ މިއަހަރުގެ ތީމު ކަމުގައިވާ "އޯލް ފޯ ހެލްތް، ހެލްތް ފޯ އޯލް"އަށް ޚާއްސަކޮށް ތަޤްރީރެއް ދެއްވާނެއެވެ. އަދި މިއަހަރުގެ ވޯލްޑް ހެލްތް އެސެމްބްލީގައި ދުނިޔޭގެ ސިއްޙީ ދާއިރާއިން މިހާރު ފާހަގަކުރެވޭ ތަފާތު މައުޟޫތައް މަޝްވާރާކުރެވޭނެއެވެ.


މިގޮތުން ޔުނިވާސަލް ހެލްތު ކަވަރޭޖް، އިންފެކްޝަސް ޑިޒީޒް ޕްރިވެންޝަން، މައިންނާއި ކުޑަކުދިންގެ ޞިއްޙަތާއި މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ޞިއްޙަތަށް ކުރާ ނޭދެވޭ އަސަރުތަކާއި އެންޓިމައިކްރޯބިއަލް ރެސިސްޓެންސް ފަދަ މައުޟޫއުތައް މަޝްވަރާ ކުރެވޭނެއެވެ. މީގެ އިތުރުން އިމަރޖެންސީ ޕްރިޕެއަރޑްނަސް އެންޑް ރެސްޕޮންސް، ސަސްޓެއިނަބްލް ފައިނޭންސިންގ އާ ގުޅޭގޮތުންވެސް މަޝްވަރާކުރެވޭނެއެވެ.


ދޭދޭ ޤައުމުތަކުގެ މެދުގައި ގުޅުން ބަދަހިކުރުމަށާއި ރާއްޖޭގެ ޞިއްޙީ ދާއިރާ ކުރިއެރުވުމަށް ޤައުމުތަކާއި އެހީދޭ ޖަމިއްޔާތަކުގެ އެހީތެރިކަން ހޯދިދާނެ ދާއިރާތަކާއި ގުޅޭގޮތުން މަޝްވަރާކުރުމަށް ތަފާތު ބައްދަލުވުންތައް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.


މީގެ އިތުރުން ދުނިޔޭގެ ޞިއްޙަތު ޖަމިއްޔާގެ ޑިރެކްޓަރ ޖެނެރަލް، ދެކުނު އިރުމަތީ އޭޝިޔާގެ ރީޖަނަލް ޑިރެކްޓަރ އަދި އޭޝިއާ އީހެލްތު އިންފޯރމޭޝަން ނެޓުވާރކް އާއެކު ބައްދަލުވުންތައް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.


ކިޔުންތެރިންގެ ހިޔާލު