ހުޅުމާލޭގައި މިރޭ ހަވާއަރުވަނީ

4 months ago

އަފްރާހް

ހުޅުމާލޭގައި މިރޭ ހަވާއަރުވާނެކަމަށް އެމްއެންޑީއެފް އިން ވިދާޅުވެއްޖެއެވެ.


އެ އިދާރާ އިން ވިދާޅުވީ ހަވާއަރުވާނީ ހުޅުމާލެ ފޭސް 1 ގެ ރިވެލި ބީޗް ކުލަބު އެންޑް ރެސްޓޯރެންޓް ސަރަހައްދުގައި ކަމަށެވެ.


މި ހަރަކާތް ފަށާނީ މިރޭ 8 ޖަހާއިރު ކަމަށާއި ހަވާއެރުވުން ތިން މިނެޓަަށް ކުރިއަށްދާނެ ކަމަށް ވެސް ވިދާޅުވިއެވެ. އަދި މިއީ ސިފްކޯ އިން ވިޔަފާރި އުސޫލުން ކުރިއަށް ގެންދާ ހަރަކާތެއް ކަމަށް ވެސް ވިދާޅުވިއެވެ.


ވިޔަފާރި އުސޫލުން އަމިއްލަ ފަރާތަކަށް ހަވާ އެރުވުމުގެ އިވެންޓުތައް ސިފައިންގެ ކޯޕަރޭޓިވް "ސިފްކޯ" އިން ކުރިއަށްގެންދާއިރު، މީގެކުރިން ވެސް ވަނީ ތަފާތުއެކި މުނާސަބާތަކާއި ގުޅިގެން ހަވާއަރުވާފައެވެ. އަދި އަމިއްލަ ފަރާތްތަކުން އެދިގެން ވެސް ވަނީ ކޮށްފައެވެ. އަދި އަތޮޅުތެރޭގެ ބައެއް ރަށްރަށުގައި ވެސް ހަވާއެރުވުން ބާއްވާފައި ވެއެވެ.


ކިޔުންތެރިންގެ ހިޔާލު