ޑިޖިޓަލް ޓްރާންސްފޯމޭޝަނަށް ބައިނަލްއަގުވާމީ އެއްބާރުލުން ބޭނުންވޭ: ރައީސް ޑރ. މުއިއްޒު

4 months ago

އަފްރާހް

ޑިޖިޓަލް ސޮލިއުޝަންތަކުގެ ބޭނުން ހިފުމުން މޫސުމަށް އަންނަ ބަދަލުތަކަށް އަހުލުވެރިވާނެ ކަމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.


އެމަނިކުފާނު މިފަދައިން ވިދާޅުވީ ހަތަރުވަނަ އިންޓަނޭޝަނަލް ކޮންފަރެންސް އޮން ސްމޯލް އައިލެންޑް ޑިވެލޮޕިން ސްޓޭޓްސް (ސިޑްސް) ގައި ވާހަކަފުޅު ދައްކަވަމުންނެވެ.


ރައީސް ވިދާޅުވީ އޭގެސަބަބުން ސިއްހީ ހިދުމަތާއި ތައުލީމު ކުރިއެރުވުމާއި އާންމު ހިދުމަތް ފޯރުކޮށްދިނުން ވެސް ހަރުދަނާ ކުރެވޭނެ ކަމަށެވެ. އަދި އިގްތިސޯދުތައް ޑައިވަރސިފައިކޮށް، ދިރިއުޅުމުގެ އިތުރު ފުރުސަތުތައް ތަނަވަސްވެގެންދާ ކަމަށެވެ.


މީގެއިތުރުން މިހާރަށް ވުރެ ހަރުދަނާ ވެރިކަމެއް ހިންގުމަށް މަގުފަހިވެ، ރައްޔިތުންގެ ބައިވެރިވުން އިތުރުވެގެންދާކަން ފާހަގަކުރެއްވިއެވެ. އަދި އިނޮވޭޝަނާއި ޓެކްނޮލޮޖީގެ ރޮނގުން ހުރި ގޮންޖެހުންތައް ފުރުސަތަކަށް ބަދަލުކޮށް، އެންމެންނަށް ދެމެހެއްޓެނިވި އަދި ތަނަވަސް މުސްތަގުބަލަކަށް މަގު ފަހިކޮށްދެވިދާނެ ކަމަށް ވެސް ވިދާޅުވިއެވެ.


އެމަނކިފާނު ވަނީ ރާއްޖެއަކީ އެންމެ ކުޑަކޮށް ތަރައްގީވެފައި އޮތް ގައުމެއްގެ ގޮތުގައި އޮތްއިރު، ހުރިހައި ރަށަކަށް ޔުނިވަރސަލް ޓެލެފޯން ކަވަރޭޖް ހާސިލްކޮށްފައިވާކަން ފާހަގަކުރައްވާފައެވެ. އަދި މިއަދު ވަރަށް ގިނަ ވެބް އެޕްލިކޭޝަންތަކާއި ޕޯޓަލްތައް މެދުވެރިކޮށް، ޔުޓިލިޓީސް، ހެލްތްކެއަރ، އެޑިޔުކޭޝަން، ހައުސިންގ، ސޯޝަލް ވެލްފެއަރގެ ހިދުމަތް ފަދަ މުހިންމު ހިދުމަތްތައް، ރާއްޖޭގެ ހުރިހާ ރައްޔިތުންގެ އިނގިލިކުރިއާ ހަމައަށް ގެނެސްދެވިފައިވާކަން ވެސް ފާހަގަކުރެއްވިއެވެ.


ކިޔުންތެރިންގެ ހިޔާލު